Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިނިސްޓްރީގެ ނަމަށް ބަދަލު ގެނެސް ހޯމް މިނިސްޓަރުގެ މަގާމަށް އަލީ އިހުސާން އަލުން އައްޔަނުކޮށްފި

މިނިސްޓްރީގެ ނަމަށް ބަދަލު ގެނެސް ހޯމް މިނިސްޓަރުގެ މަގާމަށް އަލީ އިހުސާން އަލުން އައްޔަނުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
143 ދުވަސް ކުރިން - 14 އޭޕްރިލް 2026 20:03
ހޯމް މިނިސްޓަރު އަލީ އިހުސާނަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ހޯމް މިނިސްޓަރު އަލީ އިހުސާނަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހޯމް މިނިސްޓްރީގެ ނަން މިހާރު ވަނީ 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ' އަަށް ބަދަލުކޮށްފައި.

ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބޮޑު ބަދަލަކާއެކު، ހޯމް މިނިސްޓްރީގެ ނަން ބަދަލުކޮށް އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގެ މަގާމަށް އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އަލުން އައްޔަނުކުރައްވައިފި އެވެ.

މީގެ ކުރިން 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ' ގެ ނަމުގައި ހިންގަމުން އައި މިނިސްޓްރީގެ ނަން މިހާރު ވަނީ 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ' ގެ ނަމަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު، މަސައްކަތްތެރިންނާ ގުޅޭ ކަންކަން ނުވަތަ 'ލޭބަރ' ގެ މަސްއޫލިއްޔަތުތައް ވެސް މިހާރު ވަނީ މި މިނިސްޓްރީގެ ދަށަށް ގެނެސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން، ކުރިން ހިންގަމުން އައި 20 މިނިސްޓްރީގެ ތެރެއިން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ ޖުމްލަ އަދަދު ވަނީ 15 އަށް މަދުކުރައްވާފަ އެވެ.

Advertisement

Advertisement 1

ކެބިނެޓަށް މިފަދަ ކުއްލި ބަދަލެއް ގެންނަވަން ޖެހުނީ، މިއަދުގެ ވަގުތެއްގައި ސަރުކާރުގެ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މި ބަދަލާއެކު، އަލީ އިހުސާން ވަނީ އަލުން އުފެއްދެވި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ މިނިސްޓަރުކަމުގެ ހުވާ ކުރައްވާފަ އެވެ. އަލީ އިހުސާނަކީ މި ސަރުކާރު ފެށުނީއްސުރެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާ އެވެ.

ސަރުކާރަށް މިއަދު ގެނެވުނު މި ބަދަލުތަކަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަސް މިނެއްގައި ފޯރުކޮށްދިނުމަށްޓަކައި ގެނެވުނު ބަދަލުތަކެއް ކަމަށް ބެލެވެ އެވެ.

މިނިސްޓަރު އަލީ އިހުސާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، އެއްމިލިއަން ރުފިޔާ ދޭން ނިންމައިފި

3 ގަޑިއިރު ކުރިން - 13:36

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54