Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފޮރިން މިނިސްޓަރު ކަމަށް އިރުތިޝާމް އާދަމް އައްޔަނުކުރައްވައިފި

ފޮރިން މިނިސްޓަރު ކަމަށް އިރުތިޝާމް އާދަމް އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
52 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:13
ފޮރިން މިނިސްޓަރު ކަމަށް އައްޔަނުކުރި އިރުތިޝާމަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރު ކަމަށް އައްޔަނުކުރި އިރުތިޝާމަށް މަގާމުގެ ފަތްކޮޅު އަރުވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މީގެ ކުރިން އިރުތިޝާމް ހުންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި. ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލު ވަނީ އެ މަގާމުން އިސްތިއުފާދީފައި.

ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އިރުތިޝާމް އާދަމް މިއަދު އައްޔަނުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިރުތިޝާމް އާދަމަށް މި މަގާމުގެ ފަތްކޮޅު އަރުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިރުތިޝާމް އާދަމް މި މަގާމަށް އައްޔަނުކުރައްވާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިނިސްޓަރު ކަމަށް އައްޔަނުކުރެއްވުމުގެ ކުރިން އިރުތިޝާމް ހުންނެވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގަ އެވެ. މީގެ އިތުރުން، އެކަމަނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

Advertisement

Advertisement 1

ޑރ. އަބްދުﷲ ހަލީލު ހިމެނޭހެން ސަރުކާރުގެ 10 މިނިސްޓަރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މި ބޭފުޅުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެ ބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް އަވަސްމަގަކުން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން އައި ބަދަލުތަކެއް ކަމަށް ބެލެވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްމިނިސްޓަރު އިރުތިޝާމް އާދަމްމިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި އަޅަނީ

ވަކި ރަށެއް އިސްތިސްނާ ނުކޮށް ހުރިހާ ރަށެއްގައި ވެސް ޒަމާނީ ކުނިކޮށި

3 ގަޑިއިރު ކުރިން - 11:01

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

11 ގަޑިއިރު ކުރިން - 02:59

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ކާމިޔާބުވެއްޖެ

އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވެއްޖެ

1 ދުވަސް ކުރިން - 21:58

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

2 ދުވަސް ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

2 ދުވަސް ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

2 ދުވަސް ކުރިން - 20:30