Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މުކްބޭންގްތަކާމެދު އުފެދެމުންދާ ކަންބޮޑުވުން

މުކްބޭންގްތަކާމެދު އުފެދެމުންދާ ކަންބޮޑުވުން

އާނާ ފަހީމް
737 ދުވަސް ކުރިން - 25 އޯގަސްޓް 2024 18:28
މުކްބޭންގެއްގެ ފޮޓޯއެއް
މުކްބޭންގެއްގެ ފޮޓޯއެއް
ޚުލާސާ

މުކްބޭންގް، އެއީ އިންފްލުއެންސަރުން ކެމެރާ ކުރިމަތީގައި ގިނަ އަދަދަކަށް ކާތަކެތި ކައިގެން ދައްކާ ވީޑިއޯތަކުގެ ޓްރެންޑެއް. މިއީ ދުނިޔޭގެ ފެންވަރުގައި މަޤްބޫލުކަން ހޯދާފައިވާ ކަމެއްނަމަވެސް، މިކަމާ ގުޅޭގޮތުން ކާބޯތަކެތީގެ މާހިރުންގެ ކަންބޮޑުވުންތަކެއް އުފައްދަމުންދޭ. މި ވީޑިއޯތަކުން އިޖްތިމާޢީ ގުޅުމާއި މުނިފޫހިފިލުވުން ލިބޭ ކަމުގައިވީނަމަވެސް، މިއިން ނުބައި ކެއުމުގެ އާދަތަކަށް ހިތްވަރު ލިބިދޭ. ޚާއްޞަކޮށް މިފަދަ ވީޑިއޯތަކުގައި ހައްދުފަހަނައަޅައި ގޮސް ގިނައިން ކެއުން ހިމެނޭ ހާލަތްތަކުގައި.

މުކްބޭންގަކީ ދެކުނު ކޮރެއާގައި އުފެދުނު ޓްރެންޑެއް ނަމަވެސް، މިހާރު މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލުވެފައިވާ ޙަރަކާތަކަށެވެ. ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މި ޙަރަކާތުގެ މަޤްބޫލުކަން ވަރަށް ބޮޑެވެ. "މުކްބޭންގް" މި ބަސް އުފެދިފައިވަނީ ކޮރެއާ ބަހުގެ "މޮކްދަ" (ކެއުން) އަދި "ބަންސޯންގް" (ބްރޯޑްކާސްޓްކުރުން) މި ދެ ބަހުގެ އެއްކުރުމަކުންނެވެ. މި ވީޑިއޯތަކުގައި އާންމުކޮށް ފެންނަނީ އިންފްލުއެންސަރުން ގިނަ އަދަދަކަށް ކާތަކެތި ކައި، އެމީހުންގެ ޚިޔާލު ހިއްސާކުރާ މަންޒަރެވެ. މުކްބޭންގްތަކުން އިޖްތިމާޢީ ގުޅުމަކާއި މުނިފޫހިފިލުވުމެއް ލިބޭކަމުގައިވީނަމަވެސް، މިކަމާމެދު ކާބޯތަކެތީގެ މާހިރުން (ޑައިޓީޝަންސް) ގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވެއެވެ.

މުކްބޭންގްތަކުގެ މަޤްބޫލުކަމުގެ މައިގަނޑު އެއް ސަބަބަކީ އޭގެ އިޖްތިމާޢީ ބައިވެރިވުމުގެ ސިފައެވެ. ޚާއްޞަކޮށް ކޮވިޑް-19 ބަލިމަޑުކަމުގެ ދުވަސްވަރު ފަދަ އެކަހެރިވެފައިވާ ދަނޑިވަޅުތަކުގައެވެ. މި ވީޑިއޯތައް ބަލާ ފަރާތްތަކަށް އިޙްސާސްވަނީ ކޮންޓެންޓް ކްރިއޭޓަރާ އެކު ކެއުމުގައި ބައިވެރިވާ ކަހަލަ ގޮތަކަށެވެ. މިއިން އެކުވެރިކަމުގެ އަރާމުދޭ އިޙްސާސެއް ލިބިދޭކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ޗޫއިންގ އަދި ސްލަރޕިންގގެ އޭ.އެސް.އެމް.އާރު ޗުއިއިން ކަހަލަ އަޑުތަކުން ގިނަ ބަޔަކަށް ޢަޖައިބު ހިތްހަމަޖެހުމެއް ލިބެއެވެ. ނަމަވެސް މުކްބޭންގްތަކުގެ ޝައުޤުވެރިކަމުގައި ޞިއްޙީ އަދި އިޖްތިމާޢީ ނުރައްކާތަކެއްވެސް އެކުލެވިގެންވެއެވެ.

ކާބޯތަކެތީގެ ދާއިރާގެ މާހިރުން އިތުރަށް ކަންބޮޑުވަމުންދަނީ މުކްބޭންގްތަކުގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދުގައެވެ. ޚާއްޞަކޮށް، އިސްރާފުކުރުމާއި ހަށިގަނޑަށް ގެއްލުންހުރި ކާނާ ކެއުމާ ގުޅޭ ގޮތުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ބެލޭ ވީޑިއޯތަކަކީ އިންފްލުއެންސަރުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ކާނާ ކައިގެން ހަދާ ވީޑިއޯތަކެވެ. މިއީ ނުރައްކާތެރި މިސާލެކެވެ. މިފަދަ ވީޑިއޯތައް ބަލާ މީހުންނަށް މި ނުބައި އާދަތައް ކޮޕީކުރަން ހިތްވަރު ލިބިދާނެއެވެ. މީގެ ސަބަބުން ބޭނުންވާ މިންވަރަށްވުރެ ގިނައިން ކެއުމަށް ނުވަތަ ކެއުމުގެ ނުބައި އާދަތަކަށް މަގުފަހިވެގެންދާނެއެވެ.

Advertisement

Advertisement 1

ރެސްޓްރިކްޓިވް އީޓިންގ ޑިސްއޯޑަރ ހުންނަ މީހުންނަށް، މުކްބޭންގްތަކަކީ ވަކިން ޚާއްޞަކޮށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ބައެއް މީހުން މި ވީޑިއޯތައް ބަލަނީ ކާއެއްޗެހި ކެއުމުގެ ތަޖުރިބާ ވިކޭރިއަސްލީ (އެހެން މީހަކު މެދުވެރިކޮށް ކަމެއް ތަޖުރިބާ ކުރުން) ކުރުމަށްޓަކައި، އެއްވެސް އެއްޗެއް ނުކައި ތިބެފާނެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ހާލަތު އިތުރަށް ގޯސްވެދާނެއެވެ. މީގެ އިތުރުން، ބައެއް މުކްބޭންގްތައް އެޑިޓްކޮށްފައި ހުންނަ ގޮތުން، ކޮންޓެންޓް ކްރިއޭޓަރު ޙަޤީޤަތުގައި ކައިފައިވާ މިންވަރަށްވުރެ ގިނައިން ކެއިކަމުގެ އިލްތިބާސް އުފެދިދާނެއެވެ. މިކަމުގެ ސަބަބުން ބަލާ މީހުންނަށް އާންމު ކެއުމުގެ މިންގަނޑުތަކާ މެދު އޮޅުން އަރައިދާނެއެވެ.

މުކްބޭންގްތަކަކީ އޭގެ ޒާތުގައި ހަމައެކަނި ގެއްލުންހުރި ކަމެއް ނޫނެވެ. ބައެއް ކޮންޓެންޓް ކްރިއޭޓަރުން މި ޕްލެޓްފޯމް ބޭނުންކުރަނީ ހަމަހަމަ ކެއުމުގެ އާދަތައް ކުރިއެރުވުމަށާއި، އައު އަދި ފައިދާހުރި ކާބޯތަކެތި ތަޢާރަފުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރުދިނުމަށެވެ. މިފަދަ އިޖާބީ މިސާލުތަކުން ދޭހަކޮށްދެނީ ކާނާއިން އުފާވެރިކަން ހޯދުމަށްޓަކައި ކޮންމެހެން ހައްދުފަހަނައަޅައި ގިނައިން ކާކަށް ނުޖެހޭކަމެވެ. ނަމަވެސް، ރަނގަޅު މަޤްޞަދުގައި ތައްޔާރުކުރެވޭ މުކްބޭންގްތަކާއި ނޭދެވޭ އާދަތަކަށް މަގުފަހިކޮށްދޭ މުކްބޭންގްތައް ވަކިކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ.

މުކްބޭންގްތަކުން އަމިއްލަ ކެއުމުގެ އާދަތަކަށް ކުރާ އަސަރާމެދު ވިސްނުންތެރިވުމަކީ އެހާމެ މުހިންމު ކަމެކެވެ. އަމިއްލަ ނަފްސަށް ހޭލުންތެރިވެ، އަމިއްލައަށް އަސަރުކުރާ ކަންކަމާމެދު ފުންކޮށް ވިސްނުމަކީ މިފަދަ މުވާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގައި ޞިއްޙަތަށް ގެއްލުން ނުވާނެހެން އުފާވެރިކަން ލިބިގަތުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަންދީ، މުކްބޭންގްތަކަށް ތަޙްލީލީ ނަޒަރަކުން ބެލުމަކީ މި ދާއިރާގައި ޒިންމާދާރު ގޮތެއްގައި ބައިވެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%