Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހީނަރުވަމުންދާ ލޯބީގެ ގުޅުމެއް އަލުން ބިނާކޮށް ވަރުގަދަކުރާނީ ކިހިނެތް؟

ހީނަރުވަމުންދާ ލޯބީގެ ގުޅުމެއް އަލުން ބިނާކޮށް ވަރުގަދަކުރާނީ ކިހިނެތް؟

ފާތިމަތު އަނަން މުހައްމަދު
6 ގަޑިއިރު ކުރިން - 26 ސެޕްޓެންބަރު 2026 21:31
ލޯބީގެ ގޮތުން ގުޅިފައިވާ ދެމީހުން---
ލޯބީގެ ގޮތުން ގުޅިފައިވާ ދެމީހުން---
ޚުލާސާ

ކުށްވެރިކުރުމާއި، ނަފްރަތުކުރުމާއި، ދިފާއުވުމާއި، މައްސަލައިން އެއްކިބާވުމަކީ ކައިވެނި ހަލާކުކޮށްލާ މައިގަނޑު ކަންކަން. ޒުވާބުތަކުގެ ފަހަތުގައިވާ ނަފްސާނީ އަދި ފުން ސަބަބުތައް ބައިވެރިޔާއަށް ފަހުމުކޮށްދިނުމަކީ މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނެސްދޭ ކަމެއް.

ގިނައިން ރުޅިއައިސް ދެބަސްވުމަކީ ލޯބީގެ ގުޅުން ނާކާމިޔާބުވާނެ ކަމުގެ ހެއްކެއް ނޫނެވެ. ދިރާސާތަކުން ދައްކާގޮތުގައި، ދެބަސްވުންތަކުން މުޅިން އެއްކިބާވުމަށްވުރެ، ކުރިމަތިވާ ހިޔާލުތަފާތުވުންތައް މެނޭޖުކުރާގޮތަށް ސަމާލުކަންދޭ ދެމަފިރިން އެކުގައި ދެމިތިބުމުގެ ފުރުސަތު ބޮޑެވެ.

ފައިސާގެ ކަންކަމާއި، ދަރިން ތަރުބިއްޔަތުކުރުމާއި، އަނބިފިރިކަމުގެ ގުޅުމާއި، އަދި ގޭތެރޭގެ ޒިންމާތަކަކީ ކައިވެންޏެއްގައި އަބަދުވެސް ދެބަސްވެވިދާނެ ކަންކަމެވެ. ދިރާސާއަކުން ދައްކާގޮތުގައި، 4 އަހަރު ފަހުންވެސް ގާތްގަނޑަކަށް 69 އިންސައްތަ ދެމަފިރިން މައްސަލަޖެހެނީ ކުރިންވެސް މައްސަލަޖެހިފައިވާ ބާވަތުގެ ކަންކަމާ މެދުގައެވެ.

ދުޅަހެޔޮ ގުޅުންތަކާއި ހީނަރުވެފައިވާ ގުޅުންތަކުގެ ތަފާތަކަށް ވަނީ، އެފަދަ ދެބަސްވުންތަކުގެ ވަގުތު އެކަކު އަނެކަކާ މުއާމަލާތްކުރާ ގޮތެވެ.

Advertisement

Advertisement 1

ކައިވެންޏަށް ގެއްލުން ލިބިދާނެ 4 ކަމެއް؛

ރިލޭޝަންޝިޕް ތެރަޕިސްޓެއް ކަމަށްވާ ކެރީ ކޯލް ފާހަގަކުރާގޮތުގައި، ކައިވެންޏެއް ހަލާކުވުމަށް މެދުވެރިވާ 4 ކަމެއްވެއެވެ: އެއީ ކުށްވެރިކުރުމާއި، ދެރަކޮށްލައި ނަފްރަތުކުރުމާއި، ދިފާއުވުމަށް މަސައްކަތްކުރުމާއި، އަދި ވާހަކަދެއްކުމުގެ ބަދަލުގައި މައްސަލައިން އެއްކިބާވުމެވެ.

މިއާހިލާފަށް، އެކަކު އަނެކަކަށް އިހްތިރާމްކޮށް، އަނެކާގެ ވިސްނުން ދެނެގަންނަން މަސައްކަތްކުރުމުގެ ސަބަބުން، ލޯބީގެ ގުޅުމަށް އެއްވެސް ގެއްލުމެއް ނުލިބި މައްސަލަތައް ހައްލުކުރުމަށް މަގުފަހިވެގެންދެއެވެ.

އަނެކާގެ ވާހަކަ އަޑުއެހުމާއި، ބައިވެރިޔާގެ އިހުސާސްތައް ދެނެގަނެވުނުކަން އަންގައިދިނުމަކީ ނުހަނު ބޭނުންތެރި ކަންކަމެވެ. ދިރާސާތަކުން ދައްކާގޮތުގައި ބައިވެރިޔާގެ ފަރާތުން މި ކަންކަން ލިބޭ މީހުންގެ ގުޅުން މާ ބޮޑަށް ފުރިހަމަވެފައި ޖިސްމާނީ އަދި ނަފްސާނީ ސިއްހަތުވެސް މާ ރަނގަޅުވެއެވެ.

އޯގާތެރިކަމާއި އެކުވެރިކަން އަލުން އާލާކުރެވިދާނެ

ވާހަކަދައްކައި މުއާމަލާތްކުރުމަށް ދަތިވާ ދެމަފިރިންނަށް، ތެރަޕީގެ އެހީގައި އިތުބާރާއި އޯގާތެރިކަން އަލުން ބިނާކުރެވިދާނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ގިނަ ދެމަފިރިންނަށް ތެރަޕީގެ ސަބަބުން ގުޅުމުގެ ހިތްހަމަޖެހުމާއި ޖަޒުބާތީ ގާތްކަން އިތުރުވުމުގެ ހެޔޮ ބަދަލުތަކެއް ލިބެއެވެ.

ނަފްސާނީ މާހިރެއް ކަމަށްވާ ޖޭ ލެބޯ ވިދާޅުވާގޮތުގައި، ތެރަޕީ މަސައްކަތްކުރާ ކަމުގެ އެއް ނިޝާނަކީ ދެމަފިރިން އެކަކު އަނެކަކާ ވާހަކަދެއްކުމާއި އަޑުއެހުމުގެ ގާބިލުކަން އިތުރުވުމެވެ.

އަނެއް ކަމަކީ، ވަކިވަކި ޝަކުވާތަކުގެ މައްޗަށް އެކަނި ވިސްނައި އަނެކާގެ ކިބައިގައި ހުރި އުނިކަމަކަށް ބެލުމުގެ ބަދަލުގައި ދެމީހުންގެ ދެމެދުގައި މައްސަލައަކަށްވެފައި ވަނީ ކޮންކަމެއްތޯ ބަލަން އެނގުމެވެ.

ދެބަސްވުމުގެ ފަހަތުގައިވާ އަސްލު ސަބަބަށް ބަލުން

އަބަދު ދެބަސްވެވޭ ކަންކަމުގެ ފަހަތުގައި ވަނީ ފުން އުންމީދުތަކެއް ނުވަތަ ކަންބޮޑުވުންތަކެކެވެ.

ކޯލް ވިދާޅުވިގޮތުގައި، ފަގީރުކަމުގެ ތެރޭގައި ބޮޑުވެފައިވާ ދެމަފިރިއަކު އަބަދުވެސް ފައިސާއާ ގުޅޭގޮތުން ހިޔާލުތަފާތުވެއެވެ. އެކަކު ފައިސާ ރައްކާކޮށް މާލީ ރައްކާތެރިކަން ހޯދުމަށް އިސްކަންދޭއިރު އަނެކަކު ކުރިން ނުލިބި ހުރި އުފާތައް ހޯދައި ފައިސާ ހަރަދުކުރަން ބޭނުންވެއެވެ.

އެމީހުންގެ މާޒީގެ ތަޖުރިބާތައް އެކަކު އަނެކަކަށް ކިޔައިދީ ދެނެގަނެވުމުން، ފައިސާ ރައްކާކުރާނެ އަދި ހަރަދުކުރާނެ މިންވަރަކާމެދު އެއްބަސްވުމަކަށް އާދެވޭނެއެވެ.

މިކަމުން ލިބޭ މައިގަނޑު ފިލާވަޅަކީ، އެއްބަސްވުމަކަށް އައުމުގެ ކުރިން، އެ މައްސަލައެއް ނުވަތަ އެކަމެއް ބައިވެރިޔާއަށް އެހާ ބޮޑަށް މުހިންމުވާ އަސްލު ސަބަބު ދެނެގަތުން ނުހަނު ބޭނުންތެރިކަމެވެ.

ވަކިވާން ޖެހުނު ކަމުގައިވިޔަސް ރަނގަޅު މުއާމަލާތެއް ބޭނުންވޭ

ކަޕްލްސް ތެރަޕީއަކީ ހަމައެކަނި ކައިވެނި ސަލާމަތްކުރަން އޮންނަ ތެރަޕީއެއް ނޫނެވެ. ލެބޯ ވިދާޅުވާގޮތުގައި، ދަރިން ތިބޭ ހާލަތްތަކުގައި ވަކިވާ ދެމަފިރިންވެސް ރަނގަޅަށް މުއާމަލާތްކޮށް ރުޅިވެރިކަން ކުޑަކުރުމަށް ތެރަޕީން އެހީތެރިވެދެއެވެ.

ހުލާސާގޮތަކަށް ބުނާނަމަ، ހިޔާލުތަފާތުވުންތަކަކީ ކޮންމެ ގުޅުމެއްގައިވެސް ހިނގާނެ ކަންކަމެވެ. އެހެންނަމަވެސް ސުވާލަކީ، އެފަދަ ކަންކަން ހައްލުކުރަމުންދާއިރު، އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި، އޯގާތެރިވެ، އަނެކާގެ ވިސްނުން ދެނެގަތުމަށް ބައިވެރިން ތިބީ ކިހާމިންވަރަކަށް ތައްޔާރަށްތޯއެވެ؟



ކައިވެނިލޯބީގެ ގުޅުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބަނޑަށް ހަ މަސް ވީފަހުން ފަޅާއެރީ އޭނާގެ ލޯބިވެރިޔާގެ ދަރިއަކަށް އެހެން އަންހެނަކުވެސް ބަލިވެއިންކަން

ލޯބިވެރިޔާގެ ދަރިއަކަށް އެހެން އަންހެނަކުވެސް ބަލިވެއިންކަން ފަޅާއަރައިފި

120 ދުވަސް ކުރިން - 12:17