Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުހައްމަދު ޖަމްޝަތު
92 ދުވަސް ކުރިން - 14 އޭޕްރިލް 2026 12:46
ރައްޔިތުންގެ މަޖިލީސް---
ރައްޔިތުންގެ މަޖިލީސް---
ޚުލާސާ

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުން އޮންނާނީ ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް

ސުޕްރީމް ކޯޓުގެ ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.

މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ގަޟިއްޔާއަކުން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކޮށްފައިވާތީ، އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

Advertisement

Advertisement 1

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު candidacy@elections.gov.mv އީމެއިލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ހާޒިރުވެގެން ހުށަހެޅޭނެއެވެ. ކޮމިޝަނަށް ހާޒިރުވެ ފޯމު ހުށަހަޅާނަމަ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 15:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 14:00 އިން 16:00 އަށް އެ ފުރުސަތު އޮންނާނެ ކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން، ކޮންމެ ކެންޑިޑޭޓަކުވެސް ކުރިމަތިލުމުގެ ކުރިން ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަން ޖެހެއެވެ. އަދި ކެންޑިޑޭޓު ނޫން އެހެން ފަރާތަކުން ފޯމު ހުށަހަޅާނަމަ، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބަޔާންކުރެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުން އޮންނާނީ ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޯމަ ދުވަހުއެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2024 ވަނަ އަހަރު އެ ދާއިރާއަށް އިންތިހާބުވި މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަން ކޯޓަށް ސާބިތުވުމާ ގުޅިގެން، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިސްއިލެކްޝަންސް ކޮމިޝަން (އީސީ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

13 ދުވަސް ކުރިން - 20:59

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

32 ދުވަސް ކުރިން - 14:19