Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 74 އިންސައްތަ މަސައްކަތް ނިމިއްޖެ

އުކުޅަހުގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 74 އިންސައްތަ މަސައްކަތް ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
145 ދުވަސް ކުރިން - 13 އޭޕްރިލް 2026 22:09
އުކުޅަހުގެ ބޮޑެތި މަގުތަކުގައި އެމްޓީސީސީން ތާރު އަޅަމުންދަނީ. / ފޮޓޯ: އެމްޓީސީސީ
އުކުޅަހުގެ ބޮޑެތި މަގުތަކުގައި އެމްޓީސީސީން ތާރު އަޅަމުންދަނީ. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ބުނޭ.

އއ. އުކުޅަހުގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަމަށާއި، މަޝްރޫޢުގެ މުޅި އަމަލީ މަސައްކަތުގެ 74 އިންސައްތަ މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރައްވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ސަރުކާރުން ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 19 އޮކްޓޯބަރ 2022 ގައެވެ. ނަމަވެސް، މިދިޔަ ސަރުކާރުގެ ދައުރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތްތަކަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކުރެވެ އެވެ.

އުކުޅަހުގެ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 2,678 މީޓަރުގެ 10 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:

Advertisement

Advertisement 1

- ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި ސެޓްލްމެންޓް ޓޭންކް ހަރުކުރުން.

- ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4,193 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭމަންޓް ގައު އެޅުން.

- 14,452 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީކުރުން.

- މަގުބައްތި ހަރުކުރުމާއި، މަގުމަތީގެ ނިޝާންތަކާއި ކަފިހިހުރަސްތައް ގާއިމުކުރުން.

- ސްޕީޑް ބްރޭކަރުތަކާއި، މަގުމަތީގެ ރައްކާތެރިކަމަށް ބޭނުންވާ ސައިން ބޯޑުތައް ހަރުކުރުން.

އެމްޓީސީސީން ބުނެފައިވަނީ މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއު ނިމުމުން، އުކުޅަހުގެ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މިސަރުކާރުން އަމާޒު ހިފާފައިވަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތަކާ ގުޅުންހުރި މިފަދަ މަޝްރޫޢުތައް އަވަސް މިނެއްގައި ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށެވެ.

އެމްޓީސީސީއއ. އުކުޅަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

5 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

9 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

10 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

12 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

13 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

17 ދުވަސް ކުރިން - 11:11