Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

އައިޝަތު ރުވާ ރިފްޢަތު
150 ދުވަސް ކުރިން - 11 އޭޕްރިލް 2026 23:00
ލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ލަންކާގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ރައީސް މުއިއްޒުއާ ސަލާމް ކުރައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅާ ގުޅޭގޮތުން ރާއްޖޭގެ ރައީސް އޮފީހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ. ދާދި ފަހުން ލަންކާގެ ރައީސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، މި ދަތުރުފުޅާ ގުޅޭ ތައްޔާރީތަކާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. މިގޮތުން، ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރް އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ ދާދި ފަހުން ލަންކާގެ ޕާލަމަންޓް ކޮމްޕްލެކްސްގައި ބައްދަލުކުރައްވައި، ރައީސްގެ މި ދަތުރުފުޅާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، އިންވެސްޓްމަންޓްގެ އާ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. ލަންކާގެ ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، ރާއްޖޭގެ ތާޒާ މަހުގެ ވަސީލަތްތަކާއި ލަންކާގެ މަސްދަޅު ބަންދުކުރާ ސިނާއަތް ގުޅުވާލައިގެން އާ އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ ފުރުސަތު އެބައޮތެވެ. އަދި ދުބާއީ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ލަންކާގެ އުފެއްދުންތައް، ސީދާ ލަންކާއިން ރާއްޖެއަށް ފޮނުވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ކުރައްވާ މި ދަތުރުފުޅާ ގުޅޭގޮތުން ރާއްޖޭގެ ރައީސް އޮފީހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ދާދި ފަހުން ސްރީލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ފައިސާގެ އެހީގެ އިތުރުން ގިނަ އަދަދެއްގެ މަސްދަޅު ހަދިޔާކޮށްފައިވެ އެވެ. މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ލަންކާ ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ސްރީ ލަންކާދިވެހިރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

2 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

2 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05