Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ނަޝީދާއި ސޯލިހު ހަމަޖައްސައިފި

އެމްޑީޕީގެ އެޑްވައިޒަރުންގެ ގޮތުގައި ނަޝީދާއި ސޯލިހު ހަމަޖައްސައިފި

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 11 އޭޕްރިލް 2026 22:33
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ހަރަކާތުގައި އެމްޑީޕީގެ އިސްވެރިން--
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ހަރަކާތުގައި އެމްޑީޕީގެ އިސްވެރިން--
ޚުލާސާ

ވަރަށް ކުރު ވަގުތުކޮޅަކަށް ކުރިއަށްދިޔަ މިރޭގެ ބައްދަލުވުމުގައި، ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ

ހިޔާލު ތަފާތުވުން އުފެދިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގުމަށްޓަކައި ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި މިގޮތަށް ނިންމާފައިވަނީ، ޕާޓީގެ ދާއިމީ ޗެއާޕާސަންއަކު އިންތިހާބު ކުރެވެންދެން ޕާޓީ ހިންގުމުގައި މިހާރުގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) އަށް ލަފާދިނުމަށެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އަލަށް އެކުލަވާލި މި އިންޓަރިމް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

Advertisement

Advertisement 1

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސާ

ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު

ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް

ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

މި ހުރިހާ ނިންމުންތަކެއް ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި ގަރާރަކުންނެވެ. މި ގަރާރަށް ތާއީދު ކުރެއްވީ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފް (ފިއްޓެ) އެވެ.

ވަރަށް ކުރު ވަގުތުކޮޅަކަށް ކުރިއަށްދިޔަ މިރޭގެ ބައްދަލުވުމުގައި، ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ނިންމުންތަކެއް ވަނީ ނިންމާފަ އެވެ.

އެމްޑީޕީގެ ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކަށް އުފެދިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުލިބުމާ ގުޅިގެންނެވެ. 

އެމްޑީޕީރައީސް މުޙައްމަދު ނަޝީދުއިބްރާހިމް މުހައްމަދު ސޯލިހް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ގަޑިއިރު ކުރިން - 18:13

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

1 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

4 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

9 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

12 ދުވަސް ކުރިން - 00:31

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

13 ދުވަސް ކުރިން - 09:50