Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނ. ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

ނ. ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމަކާ ގާތަށް

އައިޝަތު ރުވާ ރިފްޢަތު
146 ދުވަސް ކުރިން - 11 އޭޕްރިލް 2026 13:32
ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން. / އެމްޓީސީސީ
ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން. / އެމްޓީސީސީ
ޚުލާސާ

މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ. މިހާރު ކުރިއަށްދަނީ ޖިއޯބޭގަށް ވެލި އެޅުމާއި ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް.

ނ. ވެލިދޫގެ އިގްތިސާދީ ކުރިއެރުމަށްޓަކައި އެރަށުގައި ކުރިއަށްގެންދާ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

މި މަޝްރޫއުގެ ތަފްސީލު ހާމަކުރައްވަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ 208 ޖިއޯބޭގަށް ވެލިއަޅައި ފެހުމުގެ މަސައްކަތާއި، 37 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ. މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާތީ، މާލަސްތަކެއްނުވެ މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ވެލިދޫ ހުޅަނގު ފަރާތުން 2.7 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ އޮޑިދޯނިފަހަރު ބަނުމާއި، ބާލާ އެހެލުމުގެ އިތުރުން ފައިބަރު މަސައްކަތް ކުރުމަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

Advertisement

Advertisement 1

ވެލިދުއަކީ ސަފާރީއާއި ބޮޑެތި އުޅަނދުފަހަރު ބަނުމަށް ރާއްޖޭގައި މަޝްހޫރު ރަށަކަށް ވީނަމަވެސް، ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން މިފަދަ މަސައްކަތްތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. މި އިންޑަސްޓްރިއަލް ޒޯން ތަރައްގީވެގެން ދިއުމަކީ ރަށުގެ އިގްތިސާދަށް ބޮޑު ދިރުމެއް ލިބި، އޮޑިވެރިންނަށާއި ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ރަށުގެ ރައްޔިތުން ދެކެ އެވެ.

ޖުމްލަ 33.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ ވެލިދޫގެ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް، ރަށުގައި ތިބެގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. 

އެމްޓީސީސީނ. ވެލިދޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

4 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

8 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

9 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

11 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

12 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

16 ދުވަސް ކުރިން - 11:11