Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާތްވެގެންވާ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފާފަތަކާ ދުރުހެލިވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

މާތްވެގެންވާ ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ފާފަތަކާ ދުރުހެލިވުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

އައިޝަތު ރުވާ ރިފްޢަތު
140 ދުވަސް ކުރިން - 10 އޭޕްރިލް 2026 13:28
މިސްކިތް---
މިސްކިތް---
ޚުލާސާ

މިފަދަ މަތިވެރި މައްސަރުތަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުން ކަމަށް ހުތުބާގައި ނަސޭހަތްތެރިވި އެވެ.

މާތް ﷲ ރުމަތްތެރި ކުރައްވައިފައިވާ މައްސަރުތަކުގައި ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެ، ހެޔޮ އަމަލުތައް ގިނަކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސްކޮށްފި އެވެ.

މިއަދު "ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ފާފަތަކާ ދުރުހެލިވެ ހެޔޮ އަމަލުތައް ގިނަކުރުން" މި މައުޟޫއަށް އިއްވި ހުތުބާގައި، އިސްލާމްދީނުގައި މާތްކުރައްވައިފައިވާ ވަގުތުތަކާއި މައްސަރުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ.

ހުތުބާގައި ބަޔާންކުރެއްވި ގޮތުގައި، އަހަރުގެ ބާރަ މަހުގެ ތެރެއިން ހަތަރު މަހެއް މާތް ﷲ ވަނީ ހުރުމަތްތެރި ކުރައްވައިފަ އެވެ. އެއީ ޒުލްގައިދާ މަހާއި، ޒުލްހިއްޖާ މަހާއި، މުހައްރަމް މަހުގެ އިތުރުން ރަޖަބު މަހެވެ. މި މައްސަރުތަކުގައި އަމިއްލަ ނަފުސަށް އަނިޔާވެރިނުވުމަށް މާތް ﷲ އަމުރުކުރައްވައިފައިވާކަން ފާހަގަކުރައްވައި، ހުތުބާގައި ވިދާޅުވީ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ ފާފަތަކަށް އަރައިގަތުން ކަމަށެވެ.

Advertisement

Advertisement 1

އިބްނު އައްބާސް (ރަޟިޔަﷲ އަންހު) ގެ ބަސްފުޅަކާ ހަވާލާދީ ހުތުބާގައި ވިދާޅުވީ، ހުރުމަތްތެރިވެގެންވާ މައްސަރުތަކުގައި ކުރާ ފާފަތަކުގެ ނުބައިކަން ބޮޑުވެގެންވާ ފަދައިން، އެ މަސްތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި ސަވާބު ވެސް އިތުރުވެގެންވާ ކަމަށެވެ. އަދި މި މައްސަރުތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑުކަމުން، އިމާމް ޝާފިއީ ފަދަ އިލްމުވެރިންގެ އަރިހުގައި މި މައްސަރުތަކުގައި މީހަކު މެރުމުން ދޭންޖެހޭ މަރުގެ ދިޔަ ވެސް ބޮޑުވެގެންވެއެވެ.

މިއަދުގެ ހުތުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިފަދަ މަތިވެރި މައްސަރުތަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް އޮތީ އަޅުކަމުގައި ހީވާގިވުމެވެ. އެގޮތުން ގިނަގިނައިން ޒިކުރުކުރުމާއި، ދުއާކުރުމާއި، ކީރިތި ގުރުއާން ކިޔެވުމާއި، ރޯދަހިފުމާއި، ސަދަގާތްކުރުން ފަދަ އަމަލީ ހެޔޮކަންތައް ގިނަކުރުމަށް ގޮވާލެއްވި އެވެ. ހަމައެހެންމެ، ހިތްތައް ތާހިރުކޮށް، އީބަބުނުމާއި، ދޭތެރެޖެއްސުމާއި، ދޮގުހެދުން ފަދަ ފާފަތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވި އެވެ.

ހުތުބާ ނިންމަވާލެއްވީ، ކުރިއަށް އޮތް ބަރަކާތްތެރި ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، މާތް ﷲ އަށް ތަގުވާވެރިވުމަށް އުންމަތަށް ހަނދާންކޮށްދެއްވަމުންނެވެ. އަދި ދީނަށް އަލަށް އުފައްދާ ބިދުއަތަކުން ދުރުހެލިވެ، މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި ސާބިތުވެ ތިބުމަށް ހުރިހާ މުސްލިމުންނަށް ވަނީ ވަސިއްޔަތް ކޮށްފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00