އީރާން ޢާންމު ޙާލަތަށް އައިސް ބަންދުކުރި ހުރިހާ ތަނެއް ހުޅުވަން ނިންމައިފިއެވެ.
އީރާނުން ބުނީ މާދަމާ އިން ފެށިގެން ހުރިހާ ބޭންކަކުން ވެސް ޚިދުމަތް ލިބޭނެ ކަމަށާއި، ހަނގުރާމަ އާއި ގުޅިގެން ބަންދުކުރި ތަންތަން ހުޅުވަން ނިންމީ، މިހާރު ނުރައްކަލެއް ނެތުމުންނެވެ. ނަމަވެސް އެޤައުމުގެ އަސްކަރިއްޔާ އޮތީ އެލާޓުގައި ކަމަށާއި، ޢަދުއްވުންނަކަށް އިތުބާރު ނުކުރާ ކަމަށް ވިދާޅުވިއެވެ.
ބުދަ ދުވަހު ޙަމަލާތައް ހުއްޓައިލި އިރު އީރާނުން 3،000 އަށް ވުރެ ގިނަ މީހުން މަރުވެ/ޝަހީދުވެ 20،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައެވެ.
އީރާނުގެ ގާތްގަނޑަކަށް 24 ސިޓީ އެއްގެ 160 އަށް ވުރެ ގިނަ އަވަށަށް އެމެރިކާ އާއި އިޒުރޭލުން ވަނީ ޙަމަލާ ދީފައެވެ.
އީރާނުން ވަނީ ދާއިމީ ކޮށް ވެސް ހަނގުރާމަ ހުއްޓާލުމަށް 10 ނުކުތާގެ ޝަރުޠު ތަކެއް ވެސް ހުށަހަޅާފައެވެ. އޭގެތެރޭގައި އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވައިލުން ހިމެނެއެވެ.










