Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ސާވޭއެއް އެމްއެމްއޭ އިން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
191 ދުވަސް ކުރިން - 9 އޭޕްރިލް 2026 23:15
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް. / ފޮޓޯ: ޚުލާސާ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ސާވޭއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ހިސާބުތައް ހަރުދަނާކޮށް، ބޭރަށްދާ ފައިސާގެ ހަގީގީ މިންވަރު ދެނެގަތުމަށް ކުރެވޭ މުހިންމު މަސައްކަތެއް.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއާ ބެހޭ ސާވޭއެއް "ވޯކާސް ރެމިޓަންސް ސާވޭ 2026" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މި ސާވޭއާ ގުޅޭގޮތުން އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި (ނަންބަރު: PR/2026/176) ބުނެފައިވަނީ، މިއީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ސާވޭއެއް ކަމަށެވެ.

މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10 އެޕްރީލް 2026 ވާ ހުކުރު ދުވަހުއެވެ. ސާވޭގެ މަސައްކަތް ކުރިއަށްދާނީ ގްރޭޓަރ މާލެ ސަރަހައްދުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެ އެވެ.

Advertisement

Advertisement 1

މި ސާވޭގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފައިސާ ފޮނުވާ މިންވަރާއި، ފައިސާ ފޮނުވުމަށް ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު އެއްކުރުމެވެ. މިގޮތުން ސާވޭގައި ބައިވެރިވާ ފަރާތްތަކުން ނިސްބަތްވާ ގައުމާއި، ފައިސާ ފޮނުވާ ގޮތާއި، ފައިސާ ފޮނުވާ މިންވަރުގެ އިތުރުން ފޮނުވާ ފައިސާގެ އަދަދު އޮޅުންފިލުވޭނެ އެވެ.

އެމްއެމްއޭ އިން އިތުރަށް ބުނެފައިވަނީ، މި ސާވޭއަކީ ތަފާސްހިސާބު އެއްކުރުމަށް ކުރެވޭ މަސައްކަތަކަށްވާތީ، ސާވޭގައި ވަކިވަކި ފަރުދުންގެ ނަމާއި، ޕާސްޕޯޓް ނަންބަރު ނުވަތަ ވޯކްޕާމިޓްގެ މައުލޫމާތު އެއް ނުކުރާނެ ކަމަށެވެ. އަދި ސާވޭގެ ތެރެއިން އެއްކުރެވޭ އެންމެހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން އަރުވަ އެވެ.

މި ސާވޭއަކީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ހިސާބުތައް ހަރުދަނާކޮށް، ބޭރަށްދާ ފައިސާގެ ހަގީގީ މިންވަރު ދެނެގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސާވޭއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެމްއޭގެ ފޯނު ނަންބަރު 3344401 ނުވަތަ 3308880 އަށް ގުޅުއްވުމަށް އެ އޮތޯރިޓީން އެދެ އެވެ.

އެމްއެމްއޭބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

5 ރުފިޔާގެ ނޫޓު މަދުވުމުން އެމްއެމްއޭއިން އައު ސްޓޮކެއް ދައުރުކުރަން ފަށަނީ

5 ރުފިޔާގެ ނޫޓު މަދުވުމުން އެމްއެމްއޭއިން އައު ސްޓޮކެއް ދައުރުކުރަން ފަށަނީ

3 ދުވަސް ކުރިން - 13:39

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހާއްސަ ހަ ގައުމަކަށް އެމްއެމްއޭއިން ކަނޑައަޅައިފި

ބޭސްފަރުވާއަށް ޑޮލަރު ދޫކުރުން ހާއްސަ ހަ ގައުމަކަށް އެމްއެމްއޭއިން ކަނޑައަޅައިފި

4 ދުވަސް ކުރިން - 19:15

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް!

10 ދުވަސް ކުރިން - 11:44

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

24 ދުވަސް ކުރިން - 13:11

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

24 ދުވަސް ކުރިން - 13:10

އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

26 ދުވަސް ކުރިން - 15:02