Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނުވަ އަހަރަށްފަހު ފުލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެޖޯރިޓީ ޕީއެންސީއަށް

ނުވަ އަހަރަށްފަހު ފުލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި އާއި މެޖޯރިޓީ ޕީއެންސީއަށް

އައިޝަތު ރުވާ ރިފްޢަތު
108 ދުވަސް ކުރިން - 8 އޭޕްރިލް 2026 22:40
ވ. ފުލިދޫ ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު އީމާން---
ވ. ފުލިދޫ ކައުންސިލްގެ އިންތިހާބީ ރައީސް މުހައްމަދު އީމާން---
ޚުލާސާ

ރައީސްގެ ގޮނޑި މުހައްމަދު އީމާން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް 91 ވޯޓު ތަފާތުން ކުރި ހޯއްދަވައިގެންނެވެ.

ވ. ފުލިދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށް، ވޭތުވެދިޔަ ނުވަ އަހަރު އެ ރަށުގެ ކައުންސިލްގައި އޮތް އެމްޑީޕީގެ ބާރު ކަނޑުވާލައިފި އެވެ.

މި އިންތިހާބުގައި ފުލިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އީމާން އަހްމަދާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މަޖީދު މުހައްމަދެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އީމާން ކާމިޔާބުކުރެއްވީ 204 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މަޖީދު މުހައްމަދަށް ލިބިވަޑައިގަތީ 113 ވޯޓެވެ.

މިއީ ފުލިދޫގެ ސިޔާސީ ތާރީހަށް ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ. ވޭތުވެދިޔަ 9 އަހަރު ދުވަހު އެ ރަށުގެ ކައުންސިލްގެ އަގުލަބިއްޔަތާއި ރައީސްގެ ގޮނޑި ދަމަހައްޓަމުން އައީ އެމްޑީޕީންނެވެ. ނަމަވެސް، މި ފަހަރުގެ ނަތީޖާއާއެކު އެ ރަށުގެ ސިޔާސީ މިސްރާބު މިވަނީ ސަރުކާރު ހިންގާ ޕާޓީއަށް އެނބުރިފަ އެވެ.

Advertisement

Advertisement 1

ކައުންސިލް ރައީސްގެ ގޮނޑީގެ އިތުރުން، ފުލިދޫ ކައުންސިލްގެ މެންބަރުގެ ގޮނޑިވެސް މިފަހަރު ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ހުސައިން ޝަބީން ކާމިޔާބުކުރެއްވީ އިތުރު ކެންޑިޑޭޓަކު ކުރިމަތިނުލާތީ އިންތިހާބަކާ ނުލަ އެވެ.

މި އިންތިހާބުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ސަމްހާ ހުސައިން އެވެ. އޭނާ މި ގޮނޑި ކާމިޔާބުކުރީ 161 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ޖުމާނާއަށް ލިބުނީ 151 ވޯޓެވެ. މި ގޮނޑި އެމްޑީޕީން ކާމިޔާބުކުރީ 10 ވޯޓުގެ ކުޑަ ތަފާތަކުންނެވެ.

ވ. ފުލިދޫއަކީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ، އަދި އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ރަށެކެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުވ. ފުލިދޫޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލައިފި

14 ދުވަސް ކުރިން - 18:55

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

ޕީއެންސީގެ ބޮޑު އިންތިހާބުން އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ: ޢަބްދުއްރަޙީމް

15 ދުވަސް ކުރިން - 15:25

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ކިއު ބަންދުވާނެ

ޕީއެންސީގެ ދާއިރާތަކުގެ ބޮޑު އިންތިޚާބު: 4 ޖަހާއިރު ބަންދުވާނެ

15 ދުވަސް ކުރިން - 15:17

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

15 ދުވަސް ކުރިން - 23:00

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ހޮނިހިރު ދުވަހު: 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން

21 ދުވަސް ކުރިން - 21:23

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ގެންގުޅުނީ ދީނާ ދުރު ސިޔާސަތުތަކެއް: ރައީސް

41 ދުވަސް ކުރިން - 00:49