Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރަން ހުށައަޅައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރަން ހުށައަޅައިފި

މުހައްމަދު ޖަމްޝަތު
58 ދުވަސް ކުރިން - 8 އޭޕްރިލް 2026 16:33
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ---
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ---
ޚުލާސާ

އެމްޑީޕީ ގަޑުބަޑުވީ ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދިން މައްސަލައިގައި

އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އެ މަގާމަށް އިންތިހާބުކުރި ގަޕޯ ވަކިކުރުމުގެ ޕެޓިޝަން ހުށަހަޅާފައިވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ސޮޔާއެކުގައެވެ.

ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރި ކަމަށް ބުނެ ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް އެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައެއް ނުވެ އެވެ.

Advertisement

Advertisement 1

މިކަމާ ގުޅިގެން އިބްރާހިމް ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ގަޕޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އިބުރޭ ވިދާޅުވީ "ގަޕޯ ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާވެސް ބޮޑުވެފައި މިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރި މައްސަލައިގަ އެވެ. މިކަމާ ހިތްހަމަނުޖެހިގެން ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެ ޖަލްސާ ބޮއިކޮޓްކުރި އެވެ.

މި ތުހުމަތުތަކާ ގުޅިގެން ގަޕޯ ވިދާޅުވީ، ނަޝީދަށް ފުރުސަތު ނުދޭން އުޅޭ ކަމަށް ބުނެ ވާހަކަ ފެތުރީ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށާއި، އޭނާ މަސައްކަތް ކުރެއްވީ އެ ފުރުސަތު ދެއްވަން ކަމަށެވެ. ގައުމީ މަޖިލިހުގެ 10 މެމްބަރުން ސޮއިކޮށްފި ނަމަ ޖަލްސާއެއް ބޭއްވުން ލާޒިމްވާއިރު، ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޖަލްސާ ވީހާވެސް އަވަހަށް އެޖެންޑާކޮށްގެން ބާއްވައިދިނުމަށް ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުކުރީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެމްޑީޕީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

1 ދުވަސް ކުރިން - 07:30

ނިމިދިޔަ އަހަރު ރެކޯޑު މިންވަރަކަށް އާމްދަނީ ލިބުނު؛ ހަރަދުކުރީ އެމްޑީޕީ ސަރުކާރުން ނެގިހާ ލޯނެއް އަދާކުރުމަށް

ނިމިދިޔަ އަހަރު ލިބުނުހާ އާމްދަނީއެއް ހަރަދުކުރީ އެމްޑީޕީން ނެގިހާ ލޯނުތައް އަދާކުރުމަށް

3 ދުވަސް ކުރިން - 11:31

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

6 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

11 ދުވަސް ކުރިން - 13:16

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 60 އިންސައްތަ ވޯޓުން: ޝާހިދު

2028 ކާމިޔާބުކުރާނީ %60 ވޯޓުން: ޝާހިދު

14 ދުވަސް ކުރިން - 00:31

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތް ފަށައިފި

މަރުތައް “ސަރުކާރުގެ ބޮލަށް ކަނޑަން” އެމްޑީޕީން މަސައްކަތްފަށައިފި

15 ދުވަސް ކުރިން - 09:50