އެއްވެސް ނިޢުމަތަކީ ދާއިމަށް ލިބިފައިވާ އެއްޗެއް ނޫންކަމަށް ވިދާޅުވެ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ކުރެއްވި އެކްސްޕޯސްޓް ރައްދުވަނީ ކޮން ބަޔަކަށް ކަން އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ އިސްވެރިންނާއި މަޤާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމަވާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެ މުއްދަތު ހަމަވުމުން އެކަމަށް އިޙްތިރާމް ނުކުރުމަކީ ރައްޔިތުންނަށް އިޙްތިރާމް ނުކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދައުލަތުގެވެރިންނާއި، އިސް މަޤާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްޢޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަމަކީ އެމަނިކުފާނުގެ މިި އެކްސް ޕޯސްޓުގެ ކުރިން ރައްޔިތުންގެ ބަސް އިއްވަވާ ރައްޔިތުންގެ މަޖިލީހުން ވަނީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް މަޤާމްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނާއި ޚިލާގު ޢަމަލުތައް ކޮށްފައިވާތީއާއި، އެމަނިކުފާނުގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތުތައް ކުރެވޭތީ ޕީޖީކަމުން ޝަމީމް ވަކިކުރައްވާފައެވެ.
ދެން ފާހަގަކޮށްލެވޭ ގޮތުގައި ނައިބުރައީސްގެ މި ދެ އެކްސްޕޯސްޓުގެ ދެމެދުގައި މުހިއްމު 3 ކަމެއް ހިނގިއެވެ. އެއީ ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރު ޒީނާ ޒާހިރު އޭނާގެ މަޤާމުން އިސްތިއުފާ ދިނުމާއި، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 42 އަހަރުވީ ވެރިޔާ އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރެއްވުމާއި އަދި ޕީއެސްއެމްއަށް ބޭފުޅަކު އައްޔަން ކުރުމެވެ.
އެ މުއްދަތު ހަމަވުމުން އެކަމަށް އިޙްތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ޤަބޫލުކުރައްވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
"އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ." ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.









