Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުދި ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

ކުދި ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައިފި

މުހައްމަދު ޖަމްޝަތު
143 ދުވަސް ކުރިން - 8 އޭޕްރިލް 2026 12:57
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން---ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން---ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

މި އިސްލާހާއެކު ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ސަރުކާރުން މުހިންމު އިސްލާހެއް ގެނެސްފިއެވެ.

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހު ގެނައި މި އިސްލާހުގެ ދަށުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވިޔަފާރިތަކަށް މި ލުއި ލިބޭނެއެވެ. މި ބަދަލުގެ ސަބަބުން ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުއި ލިބޭނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.

ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ، ބިދޭސީން ރާއްޖެ އެތެރެކުރުމަށް ކޮންމެ ކޯޓާއަކަށް އަހަރަކު 2،000 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ނަމަވެސް އާ އިސްލާހާއެކު 20 ކޯޓާއާ ހަމައަށް މި ފީ ދައްކާކަށް ނުޖެހޭނެއެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނީ މި ބަދަލަކީ މިދިޔަ ޑިސެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

އިންސާނީ ވަގުފާރިއަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި، އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއްގެ ދަށުން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅާފައެވެ. މި ބަދަލާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް އެކްސްޕެޓް ސިސްޓަމްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިޒާމީ ގޮތުން ހުރި މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރާއްޖޭގެ އިގުތިސޯދުގައި ކުދި ވިޔަފާރިތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމެވެ.

ބިދޭސީންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

4 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

5 ދުވަސް ކުރިން - 13:11

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސް ވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

10 ދުވަސް ކުރިން - 09:29

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

16 ދުވަސް ކުރިން - 10:50

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

38 ދުވަސް ކުރިން - 13:19

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެއްޖެ

59 ދުވަސް ކުރިން - 22:53