Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނުން ކަނޑައެޅި ޝަރުޠުތަކުގެ ތެރޭގައި މުޅި މެދުއިރުމަތި އަމާން ކުރުން ހިމެނޭ

އީރާނުން ކަނޑައެޅި ޝަރުޠުތަކުގެ ތެރޭގައި މުޅި މެދުއިރުމަތި އަމާން ކުރުން ހިމެނޭ

ޢަބްދުﷲ ޖުނައިދު
98 ދުވަސް ކުރިން - 8 އޭޕްރިލް 2026 11:40
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ޚުލާސާ

ޝަރުޠުތައް ފޯކަސް ކޮށްފައިވަނީ ސީދާ އީރާނަށް ކަމަށް ވާތީ ޣައްޒާގެ ވާހަކަ ލިޔެފައި ނެތަސް، ލުބުނާނުގައިވާ އީރާނުގެ މަސްލަޙަތު ވަނީ ރައްކާތެރުކޮށްފަ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އީރާނުން ކަނޑައެޅި ހަރުކަށި ޝަރުޠު ތަކުގެ ތެރޭގައި އެ ސަރަޙައްދުގައި ތިބި އެމެރިކާގެ އަސްކަރީ ސިފައިން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އީރާނުން އެދިއްޖެއެވެ.

އީރާނުން މުޅި އެކު މައިގަނޑު 10 ޝަރުޠެއް ހުށަހެޅިއެވެ.

އެއީ؛

Advertisement

Advertisement 1

ފުރަތަމަ ކަމަކަށް، ކުރިއަށް އޮތްތަނުގައި އެމެރިކާ އިންނާއި އެމެރިކާގެ އެކުވެރި އެއްވެސް ޤައުމަކުން އީރާނަށް ހަމަލާއެއް ނުދޭނެ ކަމުގެ ޔަޤީންކަން ދިނުން،

2. ހުރުމުޒު ކަނޑުއޮޅި އީރާނުން ކޮންޓްރޯލްކުރުން

އީރާނުން ބުނީ ހުރްމުޒްގެ ފުރިހަމަ ކޮންޓްރޯލާއި ކޯޑިނޭޝަން އޮންނަން ވާނީ ހަމައެކަނި އީރާނުގެ އަތުގައި ކަމަށެވެ.

3. ޔޫރޭނިއަމް މުއްސަނދިކުރުން ބަލައިގަތުން

އީރާނުގެ ނިއުކްލިއަރ މުއްސަނދިކުރުމުގެ ޕްރޮގްރާމް ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަންޖެހޭ.

4. ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުން

އެމެރިކާ އިން އީރާނާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ޕްރައިމަރީ އަދި ސެކަންޑަރީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން.

5. އދ އާއި ނިއުކްލިއާ ވޮޗްޑޮގްގެ އަމަލުތައް ނިންމާލުން

އީރާނުގެ ނިއުކްލިއާ ކަންކަމާއި ދެކޮޅަށް އދ. ގެ ވޮޗްޑޯގުން ބަލަމުންދާ ކަންކަން މުޅީން ނިމުމަކަށް ގެނެސް އީރާނަށް ފާރަލުން ހުއްޓާލުން.

6. ހަނގުރާމައިގެ ބަދަލު ދިނުން

އީރާނުން ޑިމާންޑް ކުރަނީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށެވެ.

7. މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިން ބޭރުކުރުން

އެމެރިކާގެ ހުރިހާ އަސްކަރީ ސިފައިން މެދުއިރުމަތީ ސަރަހައްދު ދޫކޮށް ދާން ޖެހޭނެ ކަމަށް އީރާނުން ޝަތުޠު ކުރެއެވެ.

8. ހުރިހާ ޢަދާވާތްތެރިކަމެއް (ހުރިހާ ފަރާތްތަކަކަށް) ނިމުމަކަށް ގެނައުން

ލުބުނާނު އީރާނުގެ އެކުވެރި މިލިޝިއާތައް ހިމެނޭ ލުބުނާނުގެ ސަލާމަތަށް ގެއްލުން ދިނުން ނިމުމަކަށް ގެނެސް، ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން.

9. ހިފެހެއްޓި އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން

އެމެރިކާ އާއި އެމެރިކާ ބުނެގެން ޔޫރަޕުން ހިފެހެއްޓި އީރާނުގެ ހުރިހާ މުފަލަކާއި ފައިސާއެއް އަނބުރާ ރައްދުކުރުން،

10.ތަންފީޛް ކުރުމުގައި އދ. ބައިވެރިކުރުވުން

އެއްވެސް އެއްބަސްވުމެއް ތަންފީޒު ކުރަން ޖެހެނީ އދ. މެދުވެރިކޮށް ކަމަށް ޝަތުޠު ކުރުން މިއެވެ.

އީރާނުގެ މި ޝަރުޠު ތަކާއި އެކު، މިވަގުތަށް ހަނގުރާމަ މި ވަނީ ދެހަފްތާ އަށް ހުއްޓާލުމަށް އެއްބަސް ވެފައި ކަމަށް އެމެރިކާ އިން ވަނީ ބުނެފައެވެ.

އީރާނުން ހުށަހެޅި 10 ނުކުތާގައި ފަލަސްޠީނުގެ ވާހަކައެއް ނުހިމަނައެވެ. ސަބަބަކީ މި ހަނގުރާމަ އަކީ ފަލަސްޠީނާއި އެކު ކުރާ ހަނހުރާމަ އެއް ނޫނެވެ. ނަމަވެސް ފަލަސްޠީނަށް އެއްބާރުލުން ދެމުންދާ ލުބުނާނުގައި ތިބި މުޖާހިދުންގެ މަސްލަޙަތު މި ޝަތުޠުތަކުގެ ތެރޭގައި ވަނީ ރައްކާތެރި ކުރުމަށް ހިމަނާފައެވެ. އެއީ ލުބުނާނަށް ޙަމަލާ ނުދިނުމަށެވެ.

ހަނގުރާމައީރާން ކްރައިސިސް 2026އީރާން - އެމެރިކާ
Ad
Ad

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދިން ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ

އީރާނުން އެމެރިކާގެ މަނަވަރުތަކަށް ވަރަށް ބޮޑަށް ގެއްލުން ދީފި

21 ގަޑިއިރު ކުރިން - 18:09

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

22 ގަޑިއިރު ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

2 ދުވަސް ކުރިން - 12:01

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

2 ދުވަސް ކުރިން - 11:09

ހޯރްމޫޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގަންނަވަނީ

ހޯރްމޫޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގަންނަވަނީ

4 ދުވަސް ކުރިން - 01:17