އެމެރިކާ އާއި އީރާނު ހަނގުރާމަ ދެހަފްތާ އަށް ހުއްޓާލަން ވޮޝިންޓަނާއި އާއި ތެހެރާނުން އެއްބަސް ވެއްޖެއެވެ.

އީރާނުން ވަނީ ދާއިމީ ކޮށް ވެސް ހަނހުރާމަ ހުއްޓާލުމަށް 10 ނުކުތާގެ ޝަރުޠު ތަކެއް ވެސް ހުށަހަޅާފައެވެ. އޭގެތެރޭގައި އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވައިލުން ހިމެނެއެވެ.

މިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަށަވަރުކޮށްދީ، މިއީ "ދެފަރާތުގެ ހަނގުރާމަ ހުއްޓާލުމެއް" ކަމަށް ސިފަކުރައްވާފައެވެ.

މި އެއްބަސްވުމާއި ހަމަޔަށް އައިސްފައި ވަނީ ރޭ ފަތިހު ރާއްޖޭގެ ގަޑިން 5 ޖެހުމާއި ގާތް ވެފައި ވަނިކޮށެވެ. އެއީ ޕާކިސްތާނުން އިސްވެ އޮވެގެން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަކަށް ފަހުއެވެ.