އެމެރިކާ-އިޒުރޭލުން ދިން ޙަމަލާގައި އީރާނުގެ ފަސްމީހުން މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
އީރާނުގެ ހުޅަނގު ކަރްމާންޝާހު ޕްރޮވިންސަށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތައް އަމާޒު ކޮށްފައި ވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 1340 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
އީރާނުން ވެސް އެމެރިކާގެ އަސްކަރީ ބޭސްތަކަށް މިއަދު ގިނަ ޙަމަލާތަކެއް ފޮނުވިއެވެ. އޭގެތެރޭގައި އުރުދުން، އިރާގު އަދި ގަލްފް ގައުމުތައް ހިމެނެއެވެ.
ހަނގުރާމަ ފެށި ފަހުން މަދުވެގެން އެމެރިކާގެ 13 ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާގެ ރަސްމީ ހިސާބުތަކުން ދައްކާއިރު، މި ހަނގުރާމައިގެ ސަބަބުން \ ގެލުގެ އަގުތައް މައްޗަށް ގޮސް، ދުނިޔޭގެ ތެޔޮ ޗޮކްޕޮއިންޓެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ބޯޓުފަހަރު ދަތުރުކުރުމަށް ވަނީހިރަސް އެޅިފައެވެ،










