Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލް އިންތިހާބު: މިހާތަނަށް 58,819 މީހުން ވޯޓުލައިފި

ކައުންސިލް އިންތިހާބު: މިހާތަނަށް 58,819 މީހުން ވޯޓުލައިފި

ހައްވާ މިރުފާ
153 ދުވަސް ކުރިން - 4 އޭޕްރިލް 2026 12:00
އިންތިހާބެއްގައި ވޯޓުލާ މަންޒަރު---
އިންތިހާބެއްގައި ވޯޓުލާ މަންޒަރު---
ޚުލާސާ

މިއަދު ހަވީރު 04:00 ޖެހުމުގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާނެ. މިހާތަނަށް 58,819 މީހުން ވޯޓުލާފައިވާއިރު އެއީ ވޯޓުލެވޭ މީހުންގެ 19 ޕަސެންޓް

ވޯޓު ލާން ހުޅުވާލިތާ ދެ ގަޑިއިރު ތެރޭގައި މިހާތަނަށް 58,819 މީހުން ވޯޓުލައިފި ކަމަށް އެލެކްޝަން ކޮމިޝަނުން ހާމަކޮށްފި އެވެ.

މިއަދު ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު އަދި ރިފެރެންޑަމް ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 08:00 ޖެހި އިރު އެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަގާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 04:00 ޖެހުމުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އީސީގެ އެންމެ ފަހުގެ ތަފާތު ހިސާބުތަކަށް ބަލާއިރު މިހާތަނަށް ވޯޓުލާފައިވަނީ 58,819 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 19 ޕަސެންޓެވެ. މިފަހަރު ވޯޓުލުމުގެ ހައްގު ލިބެނީ 294,876 މީހުންނަށެވެ. އެހެންކަމުން އަދި ވޯޓުނުލާ 236,057 މީހުން އެބަތިއްބެވެ.

Advertisement

Advertisement 1

އެގޮތުން މިފަހަރުގެ އިންތިހާބުތަކުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 1،322 ކެންޑިޑޭޓުނާއެކު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ޕީއެންސީންނެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީއިންނެވެ. އެއީ 905 ކެންޑިޑޭޓުންނެވެ.

މެޖޯރިޓީ ކެންޑިޑޭޓުން ވާދަކުރާ ޕާޓީތަކުގެ އިތުރުން، އިތުރ ހަތަރު ޕާޓީއަކުން ވެސް ވަނީ މިފަހަރުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރެފަ އެވެ. އެއީ އެމްޑީއޭ، އިން ނެރުން 57 ކަންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީން ނެރުނު 15 ކެންޑިޑޭޓުންނާއި، އަދާލަތު ޕާޓީންގެ ނުވަ ކެންޑިޑޭތުން އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ނިކުތް 8 ކެންޑިޑޭޓުނެވެ.

ހަމައެހެންމެ މިފަހަރު މި ބޭއްވޭ ދެ އިންތިހާބުގައި ވެސް އަމިއްލަ ގޮތުން ވަނީ ކެންޑިޑޭޓުންތަކެއް ކުރިމަތިލާފަ އެވެ، އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.

ވޯޓާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެލެކްޝަން ކޮމިޝަނުން ބުނީ ތިން އިންތިހާބުގައި ވޯޓުލުމަށް 588 މަރުކަޒު ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި އެ ތިން އިންތިހާބުގައި ވޯޓުލުމަށް އެހެން އަތޮޅުތަކުގައި 347 މަރުކަޒު ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން އީސީން ބުނީ ކޮންމެ އިންތިހާބެއްގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އެ ކަމަށް ހާއްސަ ވޯޓު ފޮއްޓަކަށް ކަމަށެވެ.

ހަމައެއާއެކު އީސީން ބުނީ ވޯޓުލާ ފޮށި ވަކި ކުރުމަށްޓަކާ ވޯޓާސްއަށް ފަސޭހަ ކުރުމަށް ތިން އިންތިހާބުގެ ފޮށި ވަކިވާ ގޮތަށް ލޭބަލްކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެ އެވެ.

އޭގެ އިތުރުން ރޭ އެ ކޮމިޝަނުން އާއްމުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ވޯޓު ނަގާ ތިން އިންތިހާބު ތެރެއިން އެ ފަރާތަކުން ބޭނުންވާ ވޯޓެއްގައި ބައިވެރިވެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ޕީއެންސީއެމްޑީއޭއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

5 ދުވަސް ކުރިން - 23:49

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

6 ދުވަސް ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

7 ދުވަސް ކުރިން - 08:31

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

12 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

13 ދުވަސް ކުރިން - 18:55

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

17 ދުވަސް ކުރިން - 12:53