އެމެރިކާ އިން އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ 48 ގަޑިއިރަށް ހުއްޓާލުމަށް ހުށަހަަޅާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އެމެރިކާ އިން މިގޮތަށް ހުށަހެޅީ އެ މީހުންގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެވުނު ހަމަލާތަކުގައި އުޅަނދުފަހަރާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، މި ކުރިމަތިލުންތަކުގެ ތެރޭގައި އެމެރިކާގެ ދެ ފައިލެޓަކު ގެއްލިފައިވާ ކަންވެސް ވަނީ ކަށަވަރުވެފައެވެ. މި ދެ ފައިލެޓުންނަކީ އަސްކަރީ އޮޕަރޭޝަނެއްގައި އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދާ ދެމީހުން ކަމަށް ޚަބަރުތައް ބުނެއެވެ.
އެމެރިކާއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ އިތުރު ގެއްލުންތަކުން ސަލާމަތްވުމަށާއި، މަސްލަޙަތު ފިނިކުރުމުގެ މަޤްޞަދުގައި ކަމަށް ބެލެވެއެވެ. ނަމަވެސް މި ހުށަހެޅުމާ މެދު އީރާނުން ރަސްމީކޮށް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.










