އީރާނުން ބަންދުކޮށްފައިވާ ހޯރްމުޒް ކަނޑުއޮޅި އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހުޅުވުމަށް، އަރަބި ގައުމުތަކުން އިސްނަގައިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ރަޝިޔާ، ޗައިނާ އަދި ފްރާންސުން ވީޓޯކޮށް ބޭރުކޮށްލައިފިއެވެ.
މި މައްސަލައިގައި ގޮތެއް ނިންމުމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
އދ. ގެ މައި މަރުކަޒުގައި އޮތް ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި، އަރަބި ގައުމުތަކުގެ އިއްތިހާދުން ހުށަހެޅި މި ގަރާރަށް ވޯޓަށް އެހުމުން، ސަލާމަތީ މަޖިލީހުގެ ދާއިމީ ތިން މެންބަރުން ކަމަށްވާ ރަޝިޔާ، ޗައިނާ އަދި ފްރާންސުން ވަނީ އެ ގައުމުތަކަށް ލިބިދޭ "ވީޓޯ" ކުރުމުގެ ބާރުގެ ބޭނުންކޮށް މި ބަރާރު ހުއްޣުވައި އަރަބީންނާއި އެމެރިކާ އިން ރޭވިރޭވުން ފްލޮޕް ކޮށްލާފައެވެ.










