އީރާނުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އަސްކަރީ ފައިޓަރ ޖެޓެއް އީރާނުގެ ޑިފެންސް ފޯސްއިން ވައްޓާލާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އީރާނުގެ ސަރަހައްދީ ރޮނގާ ކައިރިން، އެ ގައުމުގެ ވައިގެ ސަރަހައްދަށް އެމެރިކާގެ މަތިންދާބޯޓު ވަނުމާއި ގުޅިގެން ހަމަލާދީ ވައްޓާލާފައި ވަނީ އެފް-35 ގެ ޖެޓެއް ކަމަށާއި މި އުޅަނދު ޢަރަބި ކަނޑަށް ވެއްޓި އަޑިޔަށް ގޮސްފައިވާ ކަމަށް އީރާނުން އިން ބުނެއެވެ.
އީރާނުން ވަނީ އެމެރިކާގެ ތަފާތު އެކި ބާވަތުގެ އެއާކްރާފްޓްތަކާއި، ފައިޓަރ ޖެޓްތަކުގެ އިތުރުން ޖާސޫސީ މަސައްކަތްތަކަށް ބޭނުންކުރާ އެތައް ޑްރޯނެއް ވައްޓާލާފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ "ގްލޯބަލް ހޯކް" މޮޑެލްގެ ޑްރޯންތައް ވެސް ހިމެނެއެވެ.










