Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރޯވި ގއ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުމެއް ނުހުއްޓޭނެ އެޑިއުކޭޝަން މިނިސްޓަރު

ހައްވާ މިރުފާ
193 ދުވަސް ކުރިން - 3 އޭޕްރިލް 2026 14:03
ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެފައިވާ މަންޒަރު
ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެފައިވާ މަންޒަރު
ޚުލާސާ

ފެށޭ ހަފުތާގެ ކިޔެވުން ފެށުމުގެ ކުރިން، އަލިފާނުގެ ހާދިސާގައި ހަލާކުވި ޕްރިންޓިން ރޫމުގެ މެޝިނަރީތަކާއި، ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރުތަކާއި ފަރުނީޗަރު ސްކޫލަށް ލިބޭނެ

ހުވަދު އަތޮޅު އުތުރުބުރީ (ގއ) އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވައިފި އެވެ.

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ސްކޫލަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށްދާނެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް 750 އެއްހާ ކުދިން ތައުލީމު ހާސިލުކުރަމުންދާ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާން ރޯވީ ރޭ ދަންވަރު 12:30 ޖެހިކަން ހާއިރު އެވެ. އަލިފާން އެންމެ ފުރަތަމަ ރޯވީ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގަ އެވެ. އަދި އެ އަލިފާންގަނޑު ފެތުރިގެން ގޮސް، ސްޓާފްރޫމާ ޖެހިގެން ހުރި ހުރި ޕްރިންޓިން ރޫމާއި އެއް ކްލާސްރޫމް ވަނީ އެއްކޮށް އަނދާފައެވެ. އަލިފާން ރޯވުމުން ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތާއެކު އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ދަންވަރު 02:00 ޖެހި އިރުގަ އެވެ.

Advertisement

Advertisement 1

އެ ހާދިސާއާ ގުޅިގެން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ސްކޫލުގެ އިމާރާތަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބުމުން، ވަރަށް ބޮޑަށް އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ފަދަ ގޮތަށް ފިޔަވަޅު އަޅުއްވާ އެ މައްސަލަ ހައްލު ކުރައްވާނެ ކަމުގެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

އެގޮތުން، ފެށޭ ހަފުތާގެ ކިޔެވުން ފެށުމުގެ ކުރިން، އަލިފާނުގެ ހާދިސާގައި ހަލާކުވި ޕްރިންޓިން ރޫމުގެ މެޝިނަރީތަކާއި، ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރުތަކާއި ފަރުނީޗަރު ސްކޫލަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވާދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ ހިނގާ ދިޔަ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. ނަމަވެސް ސްކޫލުގެ މުހިންމު ވަސީލަތްތަކެއް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީން މިހާރު ދަނީ ސްކޫލަށް ލިބުނު ގެއްލުންތަކަށް ބަލައި، ހަލާކުވި ވަސީލަތްތަށް އަނބުރާ ސްކޫލަށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ސްކޫލްގއ. ވިލިނގިލިމިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ރ. އުންގޫފާރުގައި އިތުރު 8 ކްލާސްރޫމްއެޅުމުގެ މަސައްކަތް ބާރަށް ކުރިޔަށްދަނީ

ރ. އުންގޫފާރުގައި އިތުރު 8 ކްލާސްރޫމްއެޅުމުގެ މަސައްކަތް ބާރަށް ކުރިޔަށްދަނީ

5 ދުވަސް ކުރިން - 11:41

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

ކީ ސްޓޭޖް ވަގުތު އިތުރުކޮށް ފޮތްތަކަށް ބަދަލު ގެންނަނީ

31 ދުވަސް ކުރިން - 11:03

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

އިންޓަނޭޝަނަލް މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

55 ދުވަސް ކުރިން - 17:53

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ އަހަރަށް ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

81 ދުވަސް ކުރިން - 15:44

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

93 ދުވަސް ކުރިން - 01:44

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕެއިނެއް އިފްތިތާހުކޮށްފި

135 ދުވަސް ކުރިން - 17:03