ކ. ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކުރީ، އެމްއެންޑީއެފްގެ އެއްވެސް ބިމެއް މިފްކޯއަށް ދޭގޮތަށް ނޫންކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކަނޑުއޮތްގިރި އެމްއެންޑީއަށް ދޭން ނިންމީ ސިފައިންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް 120،000 އަކަފޫޓުގެ ބިމެއް މިފްކޯއަށް ދޭގޮތަށްތޯ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން ނެވެ. ގައްސާން މިއަދު ވިދާޅުވީ ކަނޑުއޮތްގިރި އެމްއެންޑީއަފަށް ލިބުނީ އެތަނުގެ އެއްވެސް ބިމެއް އުނި ނުވެ ކަމަށެވެ.
ކަނޑުއޮތްގިރީގައި މިފްކޯ އިން ކުރަމުން އައި މަސައްކަތްތަކަށް ހުޅުމާލެ އިން ބިމެއް ހަމަޖައްސަން ނިންމާފައިވާތީ، އެމްއެންޑީއެފަށް އެ ރަށް ދޫކޮށްލިކަން ފިޝަރީޒް މިނިސްޓްރީން ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ. އެ ބަދަލާއި ގުޅިގެން ކަނޑުއޮތްގިރީގެ މަސައްކަތްތައް މިހާރު ވަގުތީ ގޮތުން ފެލިވަރަށް ބަދަލުކުރުމުގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ.








