އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވާކަން ފަހުގެ ހިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެއްޖެއެވެ.
"މިޑްލް އީސްޓް މޮނިޓަރ" އިން ޝާއިއުކޮށްފައިވާ ރިޕޯޓަކުން ދައްކާ ގޮތުގައި، އެމެރިކާ އިން އީރާނުގެ ފަސްގަނޑަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރުމާއި، އެމެރިކާގެ މެޖޯރިޓީ ރައްޔިތުން ދެކޮޅު ހަދައެވެ.
މީގެ ކުރިން މެދުއިރުމަތީގައި ކުރި ހަނގުރާމަތަކުގެ ސަބަބުން އެމެރިކާއަށް ވަނީ ވަރަށް ބޮޑު މާލީ ގެއްލުންތަކެއް ލިބި އަދި ގިނަ އަދަދެއްގެ ސިފައިން ވެސް މަރުވެފައެވެ. ހަމައެހެންމެ، މިފަދަ ހަނގުރާމެއްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ތެލުގެ ބާޒާރަށް އަތުވެދާނެ ނުރައްކަލަކަށް އެމެރިކާގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެއެވެ.
އީރާނަކީ ސަރަހައްދީ ގޮތުން އެންމެ ވަރުގަދަ މިސައިލް އާއިލާއެވެ. އެކި ވައްތަރުގެ އެތައް ހާސް މިސައިލް އީރާނުގައި އެބަހުރި ކަމަށް ވެއެވެ. މީގެ އިތުރުން އީރާނަކީ ޒަމާނީ ޑްރޯން ޓެކްނޮލޮޖީ ލިބިފައިވާ ގައުމެކެވެ. އީރާނުގެ ދިފާއީ ބާރުތަކުގެ ގާބިލްކަން ހުރި މިންވަރުން، އެމެރިކާއަށް ކުރިމަތިލާން ޖެހޭނީ އާދައިގެ ހަނގުރާމައަކާއި ނޫން ކަަމަށް އެމެެރިކާގެ ރައްޔިތުން ގަބޫލު ކުރެއެވެ.
ހަބަރުތައް ބުނާ ގޮތުގައި އެމެރިކާ އިން މިހާރު ތައްޔާރު ވަމުން ގެންދަނީ އެއްގަމު މަގުން އީރާނަށް އަރައިގަތުމަށެވެ.










