Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލީގަލައިޒްކުރުމަށް އިތުރު މުއްދަތެއް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލީގަލައިޒްކުރުމަށް އިތުރު މުއްދަތެއް

ހައްވާ މިރުފާ
104 ދުވަސް ކުރިން - 2 އޭޕްރިލް 2026 09:03
އެކްސްޕެޓް ބިދޭސީ މަސައްކަތްތެރިން---ފޮޓޯ:މޯލްޑިވްސް ޖާނަލް
އެކްސްޕެޓް ބިދޭސީ މަސައްކަތްތެރިން---ފޮޓޯ:މޯލްޑިވްސް ޖާނަލް
ޚުލާސާ

ނިޔަލަށް ވޯކް ޕާމިޓާ ނުލާ ވަޒީފާ އަދާކުރާ އަދިލިޔެކިޔުމެއް ނެތް ބިދޭސީން ލީގަލައިޒް ކުރެވޭނީ މެއި 2 ގެ ނިޔަލަށް،މިއީ ހޯމް-މިނިސްޓްރީން ދޭނެ އެންމެ ފަހު ފުރުސަތު

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކުރަމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށްޓަކައި ހިންގާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު، މެއި 02 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ މުއްދަތު އިތުރުކުރަން ނިންމާފައި ވަނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެކަމަށް އެދެމުންދާތީ އެވެ. އަދި އެމަސައްކަތަކީ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެ ޕްރޮގްރާމަކީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން، ވަޒީފާ އަދާކުރުމުގެ ހުއްދަ ނުވަތަ ވޯކް ޕާމިޓް ނެތި ވަޒީފާ އަދާ ކުރާ ފަރާތްތަކާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުގެ އިތުރުން، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ނެތް ބިދޭސީންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

Advertisement

Advertisement 1

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތެވެ. އަދި މި މުއްދަތުގެ ފަހުން ވޯކް ޕާމިޓް ހެދުމާއި، ލިޔެކިޔުންތައް ހަމަކުރުމަށް އިތުރު އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މި މަސައްކަތުގައި، ހުރިހާ ވަޒީފާދޭ ފަރާތްތަކުންވެސް މި ފުރުސަތުގެ ބޭނުން ހިފުމަށް ހޯމް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 1485 އަށް ގުޅުމަށް ނުވަތަ މިނިސްޓްރީއަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ބިދޭސީންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

1485

104 ދުވަސް ކުރިން - 09:44

ވާހަކަ ވަރަށް މޮޅެއްނު، 1485 އަށް ނުމެއްގުޅޭ، މިނިސްޓްރީގެ އެއްވެސް ނަންބަރަކުން ފޯނެއް ނުނަގާ. މަޢުލޫމާތެއް ލިބޭނެގޮތެއްނެތް، ވޯޓާދިމާކޮށް މޮޅެތި ހެޑްލައިންތައް ހަދާނެކަމެއްނެތް.

ގުޅޭ ޚަބަރުތައް

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެ، ސަލާމަތީ ބާރުތައް ނެރެފި

ދެކުނު އެފްރިކާގައި ބިދޭސީންނާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން މަސްރަހު ގޯސްވެއްޖެ

14 ދުވަސް ކުރިން - 22:53

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

16 ދުވަސް ކުރިން - 09:03

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

45 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

63 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

64 ދުވަސް ކުރިން - 12:43

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

66 ދުވަސް ކުރިން - 17:21