ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފް ފައިނަލުގައި ރަށުން ބޭރުގައި ކޮސޯވޯ އަތުން 1-0 އިން މޮޅުވެ މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޖާގަ ތިރްކިޔޭ އިން ކަށަވަރު ކޮށްފިއެވެ.
ތުރްކިޔޭ އަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕުގެ ތިންވަނަ މަޤާމު ހޯދި ޤައުމެވެ. އޭގެ ފަހުން އެ ޤައުމު ވޯލްޑް ކަޕަށް ލޮލިފައި ނުވެ ހުރެ، 24 އަހަރު ފަހުން ޖާގަ ލިބުނީ ރޭގެ މެޗުން ލިބުނު މޮޅައި އެކު ކޮސޯވޯ ކަޓުވާލުމަށް ފަހުގައެވެ.
މެޗުގައި ފެނުނު ހަމައެކަނި ގޯލު ޖަހައިދިނީ 53 ވަނަ މިނެޓުގައި ކެރެމް އަކްޓުރްކްއޮޣްލޫ އެވެ.

ތުރްކިޔޭގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
މެޗުގެ 87 ވަނަ މިނެޓްގައި ނަތީޖާ އެއްވަރު ކޮށްލަން ކޮސޯވޯ އަށް ފުރުސަތު ވެސް ލިބުނެވެ. ނަމަވެސް ތުރްކިޔޭގެ ކީޕަރުގެ ހުށިޔާރު ކަމުން ކޮސޯވޯ އަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
ރޭގެ މެޗުގައި ގިނަ ކާޑުތަކެއް ފެނުނެވެ.










