އިސްރާއީލްގެ އަސްކަރިއްޔާ ހީނަރުވެ، ރޫޅިދާނެކަމުގެ އިންޒާރު އިސްރާއީލުގެ ޑިފެންސް ފޯސްގެ ޗީފް އޮފް ސްޓާފް ހާޒީ ހަލޭވީ ދެއްވައިފިއެވެ.
ހަނގުރާމަ ދިގުލައިގެން ދިއުމާއި ސިފައިންގެ އަދަދު މަދުވުމުގެ ސަބަބުން އަސްކަރިއްޔާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށާއި، އަދި މިކަމުގެ ސަބަބުން އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލުކަން ކުޑަވެ، މުޅި ލަޝްކަރު ބަލިކަށިވަމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ.
އަސްކަރިއްޔާގެ ތެރޭގައި ޖެހިފައިވާ މި މައްސަލައިގެ މައިގަނޑު ސަބަބަކީ ސިފައިންގެ ޚިދުމަތުގައި ދެމިތިބޭ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިވަމުންދާ ބުރަބޮޑުވުމެވެ.
އިޒުރޭލުގެ އަސްކަރިއްޔާ މިހާރު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެ ރިޒާވް ފޯސްތަކަށް ބަރޯސާވެފައި ކަމަށް މަސްދަރުތައް ބުނެއެވެ.










