Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީދު ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ ދަތުރުކޮށްފި

އީދު ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ ދަތުރުކޮށްފި

މުހައްމަދު ޖަމްޝަތު
109 ދުވަސް ކުރިން - 31 މާޗް 2026 11:49
އީދު ބައިބަލާ ޗެލެންޖު 1447: ރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗުތަކުގެ ތެރެއިން----
އީދު ބައިބަލާ ޗެލެންޖު 1447: ރޭ ކުޅެވުނު ސެމީ ފައިނަލުގެ މެޗުތަކުގެ ތެރެއިން----
ޚުލާސާ

ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގަ. މި މެޗުވެސް ލައިވްކޮށް ދައްކާނެ

އީދު ބައިބަލާ ޗެލެންޖު 1447ގެ ފޯރިގަދަ މެޗުތަކަކަށްފަހު، މުބާރާތުގެ ފައިނަލްގެ ޖާގަތައް ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުން ޔަގީންކޮށްފިއެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރީ ރޭ ކުޅެވުނު ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ޒެޕޯ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ކްލަބް ކާސިންޖީ ބަލިކުރުމަށްފަހު، ސެމީ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބާ ވާދަކޮށް ކުރި ހޯދައިގެންނެވެ. އޮޑި އާއި ބައްދަލުކުރި ސެމީ ފައިނަލް މެޗުގެ ފުރަތަމަ ގޭމް އޮޑި ކާމިޔާބުކުރި ނަމަވެސް، ދެވަނަ ގޭމް ޒެޕޯއިން ކާމިޔާބުކުރީ މެޗު ނިމެން 14 ސިކުންތަށް ވެފައިވަނިކޮށް 7-5 އިންނެވެ. މި މެޗުގެ ނަތީޖާ ނެރުނީ ގަދަ ހިފުމަށް ގޮސްގެންނެވެ. ގަދަ ހިފުމުގެ 5 ވަނަ ބުރުގައި ގުރު ދިމާވުމުން ބޭރުން އަރާ ޒެޕޯއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

Advertisement

Advertisement 1

ބައިބަލާގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބީޖީ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ކްލަބް ޒެފްރޯލް ބަލިކުރުމަށްފަހު، ސެމީ ފައިނަލުގައި ދަ ވުލްވްސް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދަ ވުލްވްސް އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމް ވުލްވްސްއިން ގެންދިޔަ ނަމަވެސް، ބީޖީއިން ވަނީ ދެވަނަ ގޭމް 8-7 އިން ކާމިޔާބުކޮށް މެޗު ގަދަ ހިފުމަކަށް ގެންގޮސްފައެވެ. ގަދަ ހިފުމުގެ ފަސްވަނަ ބުރުގައި ގުރު ދިމާވުމުން ބޭރުން އަރާ ބީޖީއިން ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. މިރޭގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.

ބައިބަލާ
Ad
Ad

ގުޅޭ ޚަބަރުތައް

އީދު ބައިބަލާ ޗެލެންޖް 1447 ގެ ފޯރިގަދަ ފައިނަލް މިރޭ

އީދު ބައިބަލާ ޗެލެންޖްގެ ފޯރިގަދަ ފައިނަލް މިރޭ

108 ދުވަސް ކުރިން - 17:37

ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ޓީސީގެ މެޗާ ސީދާ ގުޅުންހުރި ކަމެއް ނޫން: ކްލަބް ޓީސީ

"ރޭގެ ހަމަނުޖެހުމަކީ ޓީސީއާ ގުޅުންހުރި ކަމެއް ނޫން"

113 ދުވަސް ކުރިން - 00:04

އީދު ބައިބަލާ ޗެލެންޖް: ގަދަ ހިފުމަށްފަހު ޓީސީ ފްރެޓާނިޓީ އާއި ކާސިންޖީވެސް 3 ވަނަ ބުރަށް

ޓީސީ އާއި ކާސިންޖީ ހަނިގޮތަކުން 3ވަނަ ބުރަށް

114 ދުވަސް ކުރިން - 11:16

އީދު ބައިބަލާ ޗެލެންޖް: ސީދާ ދެ ގޭމުން މޮޅުވެ 4 ޓީމެއް 3 ވަނަ ބުރަށް

ފަސޭހަ މޮޅަކާއެކު 4ޓީމެއް 3 ވަނަ ބުރަށް

114 ދުވަސް ކުރިން - 10:52

ސްޓޭޖް ކޯގެ ފަންނުވެރިކަން: 68 ފޫޓުގެ އެރީނާއާ އެކު ބައިބަލާގެ ފޯރި އާ ހަރުފަތަކަށް

ބިޔަ އެރީނާއާ އެކު ބައިބަލާގެ ފޯރި އާހަރުފަތަކަށް

117 ދުވަސް ކުރިން - 16:31

އަލީ ރާޝިދު: ސްޓޭޖް ކޯގެ ފަންނީ މައިބަދަ، ބައިބަލާ އެރީނާގެ މޭސްތިރިއާ

ސްޓޭޖްކޯގެ ފަންނީ މައިބަދަ، ބައިބަލާ އެރީނާގެ މޭސްތިރިއާ

120 ދުވަސް ކުރިން - 23:49

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%