Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަލީ ރާޝިދު: ސްޓޭޖް ކޯގެ ފަންނީ މައިބަދަ، ބައިބަލާ އެރީނާގެ މޭސްތިރިއާ

އަލީ ރާޝިދު: ސްޓޭޖް ކޯގެ ފަންނީ މައިބަދަ، ބައިބަލާ އެރީނާގެ މޭސްތިރިއާ

މުހައްމަދު ޖަމްޝަތު
120 ދުވަސް ކުރިން - 19 މާޗް 2026 23:49
ބައިބަލާގެ ހައިބަތު ބޮޑު އެރީނާގެ މޭސްތިރިއާ، ސްޓޭޖް ކޯގެ ޓެކްނިކަލް ޑައިރެކްޓަރ އަލީ ރާޝިދު---
ބައިބަލާގެ ހައިބަތު ބޮޑު އެރީނާގެ މޭސްތިރިއާ، ސްޓޭޖް ކޯގެ ޓެކްނިކަލް ޑައިރެކްޓަރ އަލީ ރާޝިދު---
ޚުލާސާ

އަލީ ރާޝިދުގެ ދަތުރަކީ ހަމައެކަނި އަމިއްލަ ކާމިޔާބީގެ ވާހަކައެއް ނޫން. އެއީ ދިވެހިރާއްޖޭގެ އިވެންޓް ސިނާއަތް ދެން ދާނެ ހިސާބު އަންގައިދޭ ހެއްކެއް

ބައިބަލާގެ ނަން އިވޭ ކޮންމެ ފަހަރަކު، ގިނަ ބައެއްގެ ހަނދާނަށް އަންނާނީ ދަނޑުމަތީގެ ފޯރިއާއި، ކުޅުންތެރިންގެ ހުނަރާއި، ބެރުގެ އަޑާއި ސަޕޯޓަރުންގެ ޖޯޝެވެ. ނަމަވެސް އެ ހުރިހާ ފޯރިއެއް ދިރިގެން އަންނަ މާހައުލު އުފެއްދުމުގެ ފަހަތުގައި ވަނީ ބުރަ އަދި ފަންނީ މަސައްކަތެކެވެ.

މި އަހަރުގެ ބައިބަލާ މައިދާން ފަރުމާކޮށް ބިނާކުރީ ސްޓޭޖް ކޯ އިންނެވެ. ރާއްޖޭގެ އިވެންޓް ޕްރޮޑަކްޝަން ދާއިރާގައި ނަން ހިނގާ މި ކުންފުނިން ގެނެސްދިނީ ހަމައެކަނި ސްޓޭޖެއް ނޫނެވެ. އެއީ ލައިޓިންގ އާއި ސައުންޑާއި އެލްއީޑީ ވިޝުއަލްސް އެކުވެ، ބައިބަލާގެ ފޯރި އެތައް ގުނައެއް އިތުރުކޮށްދިން ފުރިހަމަ މާހައުލެކެވެ. ކުޅުންތެރިން ނުކުންނައިރު ގައިން ހީބިހި ނަގާ ވަރުގެ އައްޔާއި ކުލައިގެ ތަޖުރިބާއެއް ބެލުންތެރިންނަށް ގެނެސްދިން ޒަމާނީ އެރީނާއެކެވެ.

އެ މަސައްކަތުގެ އެންމެ އިސް ސިކުނޑިއަކީ ސްޓޭޖް ކޯގެ ޓެކްނިކަލް ޑައިރެކްޓަރު އަލީ ރާޝިދެވެ.

Advertisement

Advertisement 1

އެންމެ ފުރަތަމަ ކުރަހާލި ކޮންސެޕްޓުން ފެށިގެން އެންމެ ފަހުގެ ފުރިހަމަ އޮނިގަނޑާ ހަމައަށް، އެރީނާގެ ތަސައްވުރާއި ފަރުމާކުރުމާއި އަމަލީ މަސައްކަތުގައި އިސްކޮށް ހުރީ އޭނާއެވެ. އޭނާގެ އަމާޒަކީ ހަމައެކަނި ތަނެއް ބިނާކުރުމެއް ނޫނެވެ. ބައިބަލާއަކީ ކުޅިވަރަށްވުރެ ބޮޑު، ހިތްތަކުން ނުފިލާނެ ތަޖުރިބާއަކަށް ހެދުމެވެ.

މިދިޔަ އަހަރުގެ އެރީނާ ފަރުމާކުރުމަށްފަހު، މި އަހަރު ކުރިމަތިވީ މިއަށްވުރެ ބޮޑު ގޮންޖެހުމަކާއި އުންމީދެކެވެ. މަގުސަދަކީ އިންތައް ފަހަނައަޅައި ގޮސް، ފެންވަރު އަނެއްކާވެސް މަތިކުރުމެވެ.

ހުސް އަތާ ފެށި، އެންމެ އުހަށް ވާސިލުވި ދަތުރު

އަލީ ރާޝިދުގެ ވާހަކައަކީ ރަސްމީ ތައުލީމަކުން ފެށުނު ވާހަކައެއް ނޫނެވެ. ޔުނިވަސިޓީ ޑިގްރީއެއް ނެތެވެ. އިންޖިނިއަރިންގެ ސެޓްފިކެޓެއް ނެތެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރީ އެއަށްވުރެ އަގުހުރި ދެ ސިފައެކެވެ. އެއީ އުނގެނުމުގެ ޝައުގުވެރިކަމާއި ނުގުޑާ ސާބިތުކަމެވެ.

އޭނާ ސްޓޭޖް ކޯ އާ ގުޅުނީ އުމުރުން އެންމެ 17 އަހަރުގައެވެ. އޭރު ސައުންޑް ސިސްޓަމެއް ގުޅާލާނެ ގޮތެއް ނޭނގެއެވެ. ލައިޓެއް ރިގް ކުރާނެ ގޮތެއް ނޭނގެއެވެ. ނަމަވެސް ކޮންމެ ފުރުސަތެއްގައި ދަސްކުރިއެވެ. ކޮންމެ ގޯހަކުން ފިލާވަޅު ނެގިއެވެ. ސްޓްރަކްޗާ ރިގްކުރުމާއި، ސައުންޑާއި، ލައިޓިންގް ޑިޒައިނާއި، އެލް.އީ.ޑީ ވިޝުއަލްސް އަދި ޓެކްނިކަލް ލޭއައުޓްތަކާ ހަމައަށް، ހުރިހާ ކަމެއް ދަސްކުރީ ދާ އޮހޮރުވައިގެން، އަމަލީ މައިދާނުންނެވެ.

އަލީ ރާޝިދު އުމުރުން 17 އަހަރުގައި. މިއީ ސްޓޭޖްކޯ އާ ގުޅި ދާއިރާގެ ހުނަރު އޭނާ ހޯދަން ފެށި ހިސާބު---

ކޮންމެ ޕްރޮޖެކްޓަކުން އަލީގެ ތަޖުރިބާ އިތުރުވިއެވެ. ކޮންމެ ގޮންޖެހުމަކުން ވިސްނުން ތޫނުވިއެވެ. މިއަދު އޭނާއަކީ ސްޓޭޖް ކޯގެ ފަންނީ މައިބަދައެވެ. ރާއްޖޭގައި ހިންގާ އެންމެ ބޮޑެތި ޕްރޮޑަކްޝަންތައް ބެލެހެއްޓުމުގައި އިސްކޮށް ހުރި ނަމެވެ.

އެއް ސިކުނޑިއެއްގައި ހުރިހާ ހުނަރެއް

އިވެންޓް ޕްރޮޑަކްޝަން ސިނާއަތުގައި ލައިޓިންގެ ތަޖުރިބާކާރަކު ސައުންޑް ނޭނގިދާނެއެވެ. ރިގިން ދަންނަ މީހަކަށް ޑިޒައިންގެ ލޯ ނެތިދާނެއެވެ. އަލީ ރާޝިދު ތަފާތީ މި ހުރިހާ ރޮނގެއް އެއް ސިކުނޑިއެއްގައި ޖަމާވެފައި ހުރީތީއެވެ.

ކޮންސެޕްޓް ޑިޒައިނުން ފެށިގެން ވަޑާންކަމާއި ފެބްރިކޭޝަނާއި ލައިޓިންގް އަދި ސައުންޑް ޕްރޮޑަކްޝަނާ ހަމައަށް، ކޮންމެ މަރުހަލާއެއްގައި އޭނާގެ ބައިވެރިވުން އޮވެއެވެ. އެއީ ހަމައެކަނި ބެލެހެއްޓުމެއް ނޫނެވެ. ކޮންމެ ބައެއް އަމިއްލައަށް ކުރެވޭ ފެންވަރުގެ ފުން ތަޖުރިބާއެވެ.

ސްޓޭޖް ކޯގެ މެނޭޖިންގް ޑައިރެކްޓަރ އަހުމަދު ހައިޝަމް އަލީ ސިފަކޮށްދިނީ ވަރަށް ސާފު ބަހުންނެވެ.

"އަލީ ރާޝިދަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ގާބިލު، އިތުބާރު ހިފޭ، އަދި ފަންނީ ގޮތުން އެންމެ ކުރިއަރާފައިވާ އެކެކެވެ."

ކަރުދާހުގައި ކުރެހި ހުވަފެން، ދަގަނޑުން ބިނާކުރި ހަގީގަތް

ބައިބަލާ އެރީނާ ބިނާކުރީ ފަސޭހަ ހާލަތެއްގައެއް ނޫނެވެ. މަދު ވަސީލަތްތަކެވެ. ކުޑަ ވަގުތުކޮޅެކެވެ. އެކަމަކު ބޮޑު އުންމީދެކެވެ. ކަރުދާހުގައި ކުރަހާފައިވާ ބައެއް ކޮންސެޕްޓްތައް ފެނިފައި، އެއީ ހަގީގަތަކަށް ވެދާނެ ކަންކަން ކަމާމެދު ޝައްކު އުފެދުނެވެ.

އަލީ ރާޝިދުގެ ޖަވާބަކީ އަމަލެވެ. ފަރުވާތެރި ރޭވުންތެރިކަމާއި ޓެކްނިކަލް ހިސާބުތަކާއި މެދުކެނޑުމެއް ނެތް މަސައްކަތުން، އެ ކުރެހުންތައް ހަގީގަތަކަށް ބަދަލުކުރިއެވެ. ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. ރިގިންގް އާއި ބަރުދަން ބެހިފައިވާ ގޮތާއި އޮނިގަނޑުގެ ވަރުގަދަކަން، ކޮންމެ ކަމެއް ވަނީ ފަރުވާތެރިކަމާއެކު ހިސާބުކޮށް ބަލާފައެވެ.

ނަތީޖާއަކީ ބަލާލަން ފުރިހަމަ، އަދި އެހާމެ ވަރުގަދަ އަދި ޒިންމާދާރުކަމާއެކު ބިނާކޮށްފައިވާ ތަނެކެވެ.

އަލީ ރާޝިދު. ފަހަތުން އެ ފެންނަނީ އޭނާގެ މާސްޓަޕީސް އެރީނާ---

ސްޓޭޖެއް ނޫން، އިހުސާސެއް ފަރުމާކުރުން

ބައިބަލާ އެރީނާ ތަފާތީ ބޮޑުމިނަކުން ނޫނެވެ. އެ ބިނާކުރި މަގުސަދުގެ ސަބަބުންނެވެ.

އަލީ ރާޝިދު ވިސްނީ ތިން ދިމާއަކަށެވެ. ކުޅުންތެރިންނަށެވެ. ބެލުންތެރިންނަށެވެ. މުޅި މާހައުލަށެވެ. ލައިޓިންގް ފަރުމާކޮށްފައިވަނީ ހަމައެކަނި އަލިކޮށްދިނުމަކަށް ނޫނެވެ. ފޯރި ގެނެސްދިނުމަށެވެ. ޖާގައިގެ ކޮންމެ ކަނެއް ބޭނުންކޮށްފައިވަނީ ވިސްނައިގެންނެވެ. ޓެކްނިކަލް ކޮންމެ ނިންމުމެއް ގުޅުވާލާފައިވަނީ ތަޖުރިބާ މެކުހަށް ޖެއްސުމަށެވެ.

މިއީ ސްޓޭޖް ކޯގެ ވެސް ފަލްސަފާއެވެ. ވާދަވެރިކަމާއި އަގުތަކުގެ ފިއްތުންތައް ކުރިމަތިވި ނަމަވެސް، ފެންވަރުން ދޫ ނުދިނުމެވެ. ކޮންމެ ފަހަރަކުމެ ކުރީ ފަހަރަށްވުރެ ރަނގަޅުކޮށް ނެރުމެވެ.

ދިވެހި ހުނަރު، ދުނިޔޭގެ ފެންވަރު

އަލީ ރާޝިދުގެ ހުނަރު ބަލައިގެންފައިވަނީ ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. އޭނާއާއެކު މަސައްކަތް ކުރި ބައިނަލްއަގުވާމީ ކްލައިންޓުން ވަނީ އޭނާގެ ގާބިލުކަން ދުނިޔޭގެ މިންގަނޑުތަކާ އެއްވަރުވާ ކަމަށް، ބައެއް ފަހަރު އެއަށްވުރެ ކުރީގައި ހުރި ކަމަށް ފާހަގަކޮށްފައެވެ.

"އަޅުގަނޑު ހަގީގަތުގައި ވެސް ފަހުރުވެރިވަން. އޭނާ މަސައްކަތް ފެށީ އެއްވެސް އެއްޗެއް ނެތި. އެކަމަކު މިއަދު އޭނާ އެ ހުރީ އެންމެ މަތީ ފަންތީގައި އިސްކޮށް. އަލީ ކުރާ މަސައްކަތުގައި އޭނާއާ ވާދަކުރެވޭނެ މީހަކު މިހާރު ނެތް،" ސްޓޭޖްކޯގެ އެމްޑީ އަހުމަދު ހައިޝަމް

ކުރިމަގު: ތަފާތެއް ދެއްކުމުގައި ނުގުޑާ އަޒުމެއް

ބައިބަލާ އެރީނާއަކީ ހަމައެކަނި ބިނާއެއް ނޫނެވެ. އެއީ ހުނަރާއި ތަސައްވުރާއި އަޒުމް އެކުވެ، ހުރަސްތަކުގެ ތެރެއިން ވެސް ހާސިލުކުރެވޭނެ ކަންތައްތައް ދައްކުވައިދޭ ދިރިހުރި ހެއްކެކެވެ.

އަލީ ރާޝިދުގެ ދަތުރަކީ ހަމައެކަނި އަމިއްލަ ކާމިޔާބީގެ ވާހަކައެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އިވެންޓް ސިނާއަތް ދެން ދާނެ ހިސާބު އަންގައިދޭ ހެއްކެކެވެ. ތަޖުރިބާއެއް ނެތް ފުރާވަރުގެ ކުއްޖެއް، ހުއްޓުމެއް ނެތް މަސައްކަތުން ދާއިރާގެ އެންމެ ކުރިއަށް ދިޔައީއެވެ.

ކޮންމެ މަޝްރޫއަކާއެކު ވެސް އަމާޒަކީ އެއް އަމާޒެކެވެ. އިތުރަށް ކުރިއަށް ދިޔުމެވެ. މިއަށްވުރެ ރަނގަޅު މަސައްކަތެއް ކުރުމެވެ. ތަފާތެއް ދެއްކުމެވެ.

ބައިބަލާ
Ad
Ad

ގުޅޭ ޚަބަރުތައް

އީދު ބައިބަލާ ޗެލެންޖް 1447 ގެ ފޯރިގަދަ ފައިނަލް މިރޭ

އީދު ބައިބަލާ ޗެލެންޖްގެ ފޯރިގަދަ ފައިނަލް މިރޭ

108 ދުވަސް ކުރިން - 17:37

އީދު ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ ދަތުރުކޮށްފި

ބައިބަލާ ޗެލެންޖުގެ ފައިނަލަށް ޒެޕޯ އާއި ބީޖީ

109 ދުވަސް ކުރިން - 11:49

ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ޓީސީގެ މެޗާ ސީދާ ގުޅުންހުރި ކަމެއް ނޫން: ކްލަބް ޓީސީ

"ރޭގެ ހަމަނުޖެހުމަކީ ޓީސީއާ ގުޅުންހުރި ކަމެއް ނޫން"

113 ދުވަސް ކުރިން - 00:04

އީދު ބައިބަލާ ޗެލެންޖް: ގަދަ ހިފުމަށްފަހު ޓީސީ ފްރެޓާނިޓީ އާއި ކާސިންޖީވެސް 3 ވަނަ ބުރަށް

ޓީސީ އާއި ކާސިންޖީ ހަނިގޮތަކުން 3ވަނަ ބުރަށް

114 ދުވަސް ކުރިން - 11:16

އީދު ބައިބަލާ ޗެލެންޖް: ސީދާ ދެ ގޭމުން މޮޅުވެ 4 ޓީމެއް 3 ވަނަ ބުރަށް

ފަސޭހަ މޮޅަކާއެކު 4ޓީމެއް 3 ވަނަ ބުރަށް

114 ދުވަސް ކުރިން - 10:52

ސްޓޭޖް ކޯގެ ފަންނުވެރިކަން: 68 ފޫޓުގެ އެރީނާއާ އެކު ބައިބަލާގެ ފޯރި އާ ހަރުފަތަކަށް

ބިޔަ އެރީނާއާ އެކު ބައިބަލާގެ ފޯރި އާހަރުފަތަކަށް

117 ދުވަސް ކުރިން - 16:31

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%