Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ޓީސީގެ މެޗާ ސީދާ ގުޅުންހުރި ކަމެއް ނޫން: ކްލަބް ޓީސީ

ރޭ ހިނގައިދިޔަ ހަމަނުޖެހުމަކީ ޓީސީގެ މެޗާ ސީދާ ގުޅުންހުރި ކަމެއް ނޫން: ކްލަބް ޓީސީ

އައިޝަތު ރުވާ ރިފްޢަތު
66 ދުވަސް ކުރިން - 27 މާޗް 2026 00:04
ރޭ ކްލަބް ޓީސީ ކުޅުނު ބައިބަލާ މެޗް ތެރެއިން. / ފޮޓޯ:ޚުލާސާ
ރޭ ކްލަބް ޓީސީ ކުޅުނު ބައިބަލާ މެޗް ތެރެއިން. / ފޮޓޯ:ޚުލާސާ
ޚުލާސާ

މުސްލިމު އުހްތެއްގެ ނިވާކަން ގަދަކަމުން ނަގައިލައި ހަމަލާ ދިނުމަކީ ކުޅިވަރީ މައިދާނެއްގައި ވިޔަސް، އެ ނޫން ތަނެއްގައި ވިޔަސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޓީސީ ކުލަބުން ފާހަގަކުރި.

ރޭ ކުރިއަށް ދިޔަ ބައިބަލާ މުބާރާތުގެ މެޗެއްގެ ތެރެއިން ހިނގައިދިޔަ ހަމަނުޖެހުންތަކަކީ ކްލަބް ޓީސީގެ މެޗާ ސީދާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށާއި، އެއީ މަސްތުގެ ހާލަތުގައި ހުރި މީހަކު ހިންގި ދަށުދަރަޖައިގެ އަމަލުތަކެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.

މި ހާދިސާއާ ގުޅިގެން ކްލަބް ޓީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާއިލާތައް އެކުގައި ވަގުތު ހޭދަކުރާ ކުޅިވަރު މައިދާނެއްގައި، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ތިބި މާހައުލެއްގައި މާރާމާރީ ހިންގުމަކީ އެ ކްލަބުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ކްލަބުން ހާމަކުރި ގޮތުގައި، ހަމަނުޖެހުން ފެށުނީ ޓީސީ ކުޅެމުންދިޔަ ވަގުތު ސަޕޯޓަރުންގެ ބެންޗުގެ އެންމެ މަތީ ސީޓުގައި އިން، ކްލަބާ އެއްވެސް ގުޅުމެއް ނެތް މީހަކު މަސްތުގެ ހާލަތުގައި ހުރެ އަވަގުރާނަ ގޮވައި ބޭއަދަބީ ބަސްތައް ބޭނުންކުރަން ފެށުމުންނެވެ. މި މީހާއަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ހަމަނުޖެހުން ހިންގައިގެން ސަސްޕެންޑުކޮށްފައިވާ މީހެއްކަން ޓީސީން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement

އެ ވަގުތު އެތަނުގައި ތިބި އަންހެނުންތަކެއް، އޭގެ ތެރޭގައި ޓީސީގެ ކުޅުންތެރިއެއްގެ އަންހެނުން ވެސް ހިމެނޭ ގޮތަށް، އެކަން ހުއްޓާލުމަށް އެދުމުން އެ މީހާ ވަނީ ހަޑިހުތުރު ބަހުން ރައްދު ދީފަ އެވެ. އަދި މެޗު ނިމުނު ވަގުތު އެ މީހާއާ އެކު ހުރި ދެވަނަ މީހަކު، ނަސޭހަތްތެރިވި މޫނުބުރުގާ އެޅި އަންހެނަކަށް ޖިސްމާނީ ހަމަލާދީ، އޭނާގެ މޫނުބުރުގާ ވީދައި ނިވާކަން ނަގައިލާފައިވާ ކަމަށް ވެސް ޓީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

"މުސްލިމު އުހްތެއްގެ ނިވާކަން ގަދަކަމުން ނަގައިލައި ހަމަލާ ދިނުމަކީ ކުޅިވަރީ މައިދާނެއްގައި ވިޔަސް، އެ ނޫން ތަނެއްގައި ވިޔަސް ބަލައިގަނެވޭނެ ކަމެއް ނޫން،" ޓީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

މި މާރާމާރީގައި ކްލަބުގެ އެއްވެސް ކުޅުންތެރިއަކު ޝާމިލުވެފައިވޭތޯ ބަލަމުންދާ ކަމަށާއި، އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އެ ކްލަބުން ވަނީ ދީފަ އެވެ. މީގެ އިތުރުން، ރޭ ކުޅުނު އިދިކޮޅު ޓީމާ ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި، ރެފްރީގެ ނިންމުންތަކާ މެދު ހުރި ހިތްހަމަނުޖެހުންތައް ދަނޑުން ބޭރަށް ނުގެންދާނެ ކަމަށް ވެސް ޓީސީން ބުންޏެވެ.

ޓީސީން ވަނީ ހަބަރު ފެތުރުމުގައި ކަމުގެ ހަގީގަތް ސާފުކުރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި ބައިބަލާ އެރީނާ ބޭރުން ހިނގާ މިފަދަ ކަންކަން ވަގުތުން ބަލައި، ފިޔަވަޅު އެޅުމަށް ބައިބަލާ އެސޯސިއޭޝަނަށް ވެސް އެ ކްލަބުން ވަނީ ގޮވާލާފަ އެވެ.

ބައިބަލާޓީސީ ސްޕޯޓްސް ކްލަބް

ގުޅޭ ޚަބަރުތައް

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

46 މިނެޓު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

3 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

10 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

11 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

12 ގަޑިއިރު ކުރިން - 11:51

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިލީހުގެ ނައިބު ރައީސްކަމަށް ސަލީމް އިންތިހާބުކޮށްފި

13 ގަޑިއިރު ކުރިން - 10:21

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%