Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހަރުކަށި ޝަރުޠު ތަކާއި އެކު، ހަނގުރާމަ ނިންމާލަން އީރާނުން މަޝްވަރާކުރާނެ ނުސީދާ އިޝާރާތެއް!

ހަރުކަށި ޝަރުޠު ތަކާއި އެކު، ހަނގުރާމަ ނިންމާލަން އީރާނުން މަޝްވަރާކުރާނެ ނުސީދާ އިޝާރާތެއް!

ހުސައިން އިސްމާއިލް
162 ދުވަސް ކުރިން - 31 މާޗް 2026 11:25
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ވިދާޅުވީ އިސްވެ ޙަމަލާދިން ފަރާތްތަކާއި ދެކޮޅަށް ޙަމަލާ ދިނުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށް.
އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ވިދާޅުވީ އިސްވެ ޙަމަލާދިން ފަރާތްތަކާއި ދެކޮޅަށް ޙަމަލާ ދިނުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށް.
ޚުލާސާ

އީރާނުގެ މަސްލަޙަތު ޙިމާޔަތް ކުރެވޭ ކަމުގެ ޔަޤީންކަން ކަށަވަރު ވެއްޖެ ނަމަ އީރާނު ފަޅިން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރާނެ ކަމުގެ އިޝާރާތެއް ދީފި.

އީރާނުން ޚުރްމުޒް ބަންދު ކުރުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ޚާއްޞަކޮށް ތެލުގެ އަގު އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ހަނގުރާމަ ނިންމާލަން އީރާނުން މަޝްވަރާ ކުރަން ބޭނުންވާ ކަމުގެ ނުސީދާ އިޝާރާތެއް، އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ދެއްވައިފިއެވެ. ރައީސް ޕީޒިޝްކިއާން ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް ނިންމާ ކޮންމެ ނިންމުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އަދި ގައުމީ މަސްލަހަތު ފުރިހަމައަށް ކަށަވަރުކޮށްދޭ ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ. މިހެން އޭނާ ވިދާޅުވީ ކެބިނެޓްގެ ވަޒީރުންނާއި މަޝްވަރާ ކުރައްވަމުންނެވެ.

މި ހަނގުރާމަ ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ދުނިޔޭގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ޕާކިސްތާނާއި، ތުރްކިޔޭ އަދި ސްޕެއިންގެ އިތުރުން، އީރާނާއެކު އެންމެ ވަރުގަދައަށް މިކަމުގައި މަޝްވަރާކުރަމުންދަނީ ޗައިނާ އާއި ރަޝިއާއިންނެވެ. މި ދެ ގައުމުން އަންނަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އީރާނުގެ ދައުރު މުހިންމުކަން ފާހަގަކޮށް، ސިޔާސީ ހައްލެއް ހޯދުމަށް ބާރުއަޅަމުންނެވެ.

އީރާނުގެ ރައީސް ވިދާޅުވީ ސަރަޙައްދީ މަސްލަޙަތު ނަގައިލީ އެމެރިކާ އާއި އިޒުރޭލުން ކަމަށާއި، އިސްވެ ޙަމަލާ ދިނީ އެމެރިކާ އާއި އިޒުރޭލުން ކަމަށް ވާތީ، ބަދަލު ހިފުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement 1

ޕެންޓަގަން އިން ދަނީ އެއްގަމުމަގުން އީރާނަށް އެރުމާއި ދޭތެރޭ ވެސް މަޝްވަރާ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމަށް ރައްދުދީ އީރާނުން ބުނީ ތިމަންނާމެން މިތިބީ އިންތިޒާރުގައި ކަމަށާއި، ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ހަނގުރާމައިގެ މަސްރަހު ފިނިކުރުމަށްޓަކައި އެމެރިކާ އާއި އިޒުރޭލާއެކު ވެސް ބައެއް ފަރާތްތަކުން އަންނަނީ މުއާމަލާތްތައް ކުރަމުންނެވެ. އެގޮތުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކާއި، އެފްރިކާގެ އިއްތިހާދުގެ އިތުރުން އޭޝިއާގެ ބައެއް ބޮޑެތި ގައުމުތަކުން އަންނަނީ އެމެރިކާއަށް ބާރުފޯރުވައި، ހަމަލާތައް ހުއްޓާލުމަށް މަގުފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރަޝިއާއިން ވެސް އަންނަނީ ހުރިހާ ފަރާތްތަކަކާ އެކު ވާހަކަދައްކައި، މަސްލަހަތު ގާއިމުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ.

ނަމަވެސް، އީރާނުގެ ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އިޒުރޭލުގެ އުދުވާނުތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވާ އެއްވެސް އެއްބަސްވުމަކުން ދާއިމީ ސުލްހައެއް ނާންނާނެ ކަމަށެވެ.

މަސްޢޫދު ޕީޒިޝްކިއާންއީރާންއީރާން - އެމެރިކާމެދުއިރުމަތިއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

6 ގަޑިއިރު ކުރިން - 12:02

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

ޕެރޫ އިން އީރާނާއި ގުޅުން ކަނޑާލައިފި، އީރާނުން ބުނީ "ހެވޭ"

1 ދުވަސް ކުރިން - 19:37

އެމެރިކާއިން ގަލްފް އޮފް އޮމާންގައި އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ކަނޑު ފައްތާލައިފި

އެމެރިކާއިން އީރާނުގެ ތެޔޮ ބައުޒަރަކަށް ހަމަލާދީ ފައްތާލައިފި

2 ދުވަސް ކުރިން - 20:35

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ ތެޔޮ ޓޭންކަރަކަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ

ހުރްމުޒް ކަނޑުއޮޅީގައި ސައުދީ ތެޔޮ ޓޭންކަރަކަށް ހަމަލާދީ ދެމީހުން މަރުވެއްޖެ

6 ދުވަސް ކުރިން - 10:50

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

ބަހްރައިނުގައި ހުރި އެމެރިކާގެ ފެސިލިޓީއަކަށް އީރާނުން ހަމަލާދީފި

7 ދުވަސް ކުރިން - 02:42