އުރުދުންގެ ވައިގެ ދަތުރުފަތުރުތައް ކުއްލި ގޮތަކަށް މެދުކަނޑާލުމާ ގުޅިގެން، އިޒްރޭލުގެ އެތައް ސަތޭކަ ބަޔަކު އުރުދުންގެ އަގަބާގައި ހުންނަ ކިންގް ޙުސައިން އިންޓަނޭޝަނަލް އެއާޕޯޓުގައި ތާށިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެ، ސަލާމަތީ ސަބަބުތަކަށްޓަކައި އުރުދުންގެ ވައިގެ ސަރަހައްދު އިސްރާއީލަށް ބަންދުކޮށް، ދަތުރުފަތުރުތައް ހުއްޓާލުމާ ގުޅިގެންނެވެ. މީގެ ސަބަބުން އެއާޕޯޓުގައި ތިބި އިޒްރޭލުގެ ދަތުރުވެރިންނަށް އެނބުރާ ގައުމަށް ދެވޭނެ އެއްވެސް މަގެއް ނެތި، އެއާޕޯޓުގެ ތެރޭގައި ވަނީ ބަންދުވެފައެވެ.
މިކަމާ ގުޅިގެން އުރުދުންގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ފްލައިޓްތައް މެދުކަނޑާލީ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. އެއާޕޯޓުގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ފަތުރުވެރިންނާއި އެހެނިހެން ބޭނުންތަކަށް އުރުދުންއަށް އެތެރެވި މީހުން ހިމެނެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުންނާއި އީރާނަށް އިސްވެ ހަމަލާ ދިނުމުން މެދުއިރުމަތީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
އުރުދުންގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލާނެ ވަގުތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.










