ޢާންމުންގެ ތެރެއިން އަންހެނަކު ތިމަންނާ އަކީ ޒިނޭ ކުރާ އަދި ހަށިވިއްކާ މީހެއް ކަމަށް އެއްބަސް ވެއްޖެ ކަމަށާއި ނަމަވެސް އޭނާ އާއި މެދު މިހާތަނަށް ތަންފީޛީ އިދާރާތަކުން ފިޔަވަޅު އަޅާފައިވާ ނުވާ ކަމަށް ބުނެ، ޢާންމުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.
ސޯޝަލްމީޑިއާގައި މި ޒުވާބާއި ނުރުހުން ބޮޑުވެ ޢާންމުންގެ ރުޅިގަނޑު ކެކެން ފެށީ އަދަދު ނޫހުން ނެރުނު “އައިޝާ” ނަމަކަށް ކިޔާ ސިޔާސީ ޑޮކިއުމެންޓްރީގައި ޒިނޭ ކުރި ކަމަށް “އައިޝާ” އަމިއްލަ އަށް އިޢުތިރާފް ވެ، އަދި ޢާންމުންގެ ސަޕޯޓް އޭނާ އަށް ބޭނުންވާ ކަމަށް ބުނެފައި ވާތީއެވެ.
ޑޮކިއުމެންޓްރީ އަކީ ފޭކެއް، ބުހުތާނު ދޮގެއް ކަމުގެ ހެކި
ވީޑިއޯ ނެރުނީ ސީދާ އިންތިޚާބާއި ދިމާކޮށެވެ. ލޯބީގެ މައްސަލައެއްގައި އެކަމާއި ދެރަވެގެން ކަމުގައި ވާނަމަ “މިސަރުކާރަށް ސަޕޯޓް ނުކުރާނަމޭ..” މި ޖުމްލަ އެ ޑޮކިއުމެންޓްރީ އަކު ނާންނާނެ ކަމަށް ހިއުމަން ސައިކޮލޮޖިސްޓުންގެ އެކްސްޕާޓުން ވިދާޅުވެއެވެ. ތުރްކިޔޭގެ ޕްރޮފެސަރަކު ބުނެފައިވާ ގޮތުގައި “އެފަދަ އިމޯޝަނަލް” ވާހަކަތަކެއް ކަމުގައި ވާ ނަމަ އޭގެ ތެރެއަށް ސަރުކާރަށް ތާއީދުކުރުމާއި ނުކުރުމުގެ ވާހަކަ އެ “ދަނޑިވަޅުގައި” ނާންނާނެ ކަމަށާއި، ކިޔާނީ އަދި ދައްކާނީ ވެސް ލޯބީގެ ގުޅުން ހިންގި މީހުންނާއި ބެހޭ ވާހަކަތަކާއި ކަންކަން ވެފައިވާ ގޮތެވެ. ސަރުކާރަށް ރައްޔިތުން ނުވަތަ ތިމަންނާ ވެސް “ތާއީދު ނުކުރާނަމޭ” މި ޖުމްލަ އެއް ނާންނާނެެއެވެ.
މީގެ އިތުރުން ދެން އެ ޑޮކިމެންޓްރީގައި ފާހަގަ ކޮށްލެވުނު އަނެއް ކަމަކީ ކަމެއް ނޯޓިސް ކުރެވުނު ހެއްޔޭ ރައީސް ވިދާޅުވި ކަމަށް “އައިޝާ” ބުނެ ދޮގު ހެދިކަމެވެ.
އިންވެސްޓިގޭޓް އެކްސްޕާޓުން ބުނަނީ މިހެންނެވެ. މީހަކާއި ތަޙްޤީޤުގައި ސުވާލުކުރާއިރު އޭނާގެ އަތުގެ ޙަރަކާތްތަކާއި މޫނުގެ ޙަރަކާތްތައް ތަޙްޤީޤީ އޮފިސަރު ސަމާލުކަން ދޭން ޖެހޭނެއެވެ. “…ޖަވާބު ދެމުން އޭނާގެ މޫނާއި ދިމާލަށް އޭނާގެ އަތް ދާނެ. ތަޙްޤީޤު އޮފިސަރުންނަށް ނުވަތަ ތަޙްޤީޤުކުރާ ފުލުހުންނަށާއި ޤާޟީންނަށް އެމީހުންގެ ޓެރެއިނިންގ ސެޝަންތަކުގައި މި ސިއްރުތަކާއި ޓެކެނިކް ކިޔައިދީ ދަސްކޮށްދީފައި ވާނެ. އޭނާ (އައިޝާ) އެ ހަދަނީ ދޮގު ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވޭ (އެ ކުރި) އިޝާރާތުން”
ޢާންމުންގެނުރުހުން
ޒިނޭ ކުރި ކަމަށް ބުނެ މީހަކު އަމިއްލައަށް އިޢުތިރާފު ވެފައި އަދި ތިމަންނާއަށް ޢާންމުންގެ ސަޕޯޓް ބޭނުމޭ ބުނުމުން ސޯޝަލްމީޑިއާގައި އެކަމާއި ގުޅިގެން އެތައް ހާސް ބަޔަކު ދަނީ “އައިޝާ”ގެ ޓީމުގެ މައްސަލަ ތަޙްޤީޤު ކުރުމަށް ގޮވާލަމުންނެވެ. އަދި އެކަން ސާބިތު ނުކުރެވޭ ނަމަ އަދަދު ނޫހުން އެ ސާބިތު ނުހިފޭ ވާހަކަ ފަތުރައި މުޖުތަމަޢު ފިތުނަ ކުރި ކަމަށްޓަކައި އަދަބު ދިނުމަށެވެ.
ބިތުފަންގި.ކޮމް ގެ ޓެލެގުރާމް ޗެނަލުގައި ރޭ 1 ގަޑިއިރާއި 15 މިނެޓްތެރޭ ވޯޓު ލީ މީހުންގެ 97 ޕަސެންޓް ރައްޔިތުން ބުނީ “ތިމަންނާ ޒިނޭ ކޮށްފީމޭ މީހަކު ބުނެފި ކަމަށް ވާނަމަ ޒިނޭ ކުރި މައްސަލައިގައި އޭނާ އަށް އަދަބު ދޭން ފެންނަ” ކަމަށެވެ.
ޖުހާ ފޭސްބުކް ޕޭޖުގައި ޝަކުވާ ކުރި ރައްޔިތަކު ބުނީ އަދަދު ޓީމުގެ އެޑިޓަރާއި އަދި ވީޑިއޯ ހެދުމުގައި ބައިވެރިވި އެންމެންގެ ގައިގައި ހައްދު ޖެހުމަށެވެ.

ނިންމުން
އިސްލާމް ދީނުގައި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ބޮޑު ފާފައެކެވެ. އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އެ ފަދަ މީހެއްގެ ހެކިބަސް ޤަބޫލުކުރުން ވެސް މުޅި އުމުރަށް ޙަރާމް ވެގެން ދާނެ ފަދަ ނުބައިކަން ބޮޑު ފާފައެއް ކަމަށް ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި ވެއެވެ. އަދި (ސާބިތު ނުކޮށްދެވޭ ނަމަ) ޤަޛްފުގެ އަދަބެއްގެ ގޮތުން 80 އެތިފަހަރުން ތަޢުޒީރު ކުރަން ވެސް ޖެހެއެވެ.
ހަމަ އެހެންމެ މިފަދަ ދޮގު ހަދާ ފިތުނަ ކުރާ މީހުންނާއި ބެހޭ ގޮތުން ނޫރު ސޫރަތުގައި އެހެން އާޔަތެއް ވެސް އައިސްފައި ވެއެވެ. އެއީ 23 ވަނަ އާޔަތެވެ. އެ އާޔަތުގައި ވަނީ އެއީ ދެދުނިޔޭގައި ވެސް އަބާއްޖަވެރިން ކަމަށެވެ.
ތަނެއް ފަސާދަކުރާ އެންމެ ބޮޑު ހަތިޔާރަކީ ފިތުނައެވެ. ފިތުނަ އުފައްދާ މީހުންނެވެ. ދޮގުހަދައި ފިތުނަކުރާ ފަސާދަވެރީންނެވެ. ދީނަށް ގޮންޖަހާ، ނުބައި ފަސާދައިގެ ޢަމަލު ހިންގާ އެފަދަ މީހުން މަރަން ނުވަތަ ގުނަވަންތައް (ކްރޮސްވާގޮތަށް) ބުރިކުރަން ވެސް ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. މާއިދާ ސޫރަތުގެ 34 ވަނަ އާޔަތުގައި ވަނީ (އެފަދަ) މީހުން މެރުމަށެވެ. ނުވަތަ އަތް ފައި ބުރިކުރުމަށެވެ.
ސުވާލަކީ ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި މިފަދަ ވާހަކަތަކާއި ޙުކުމްތައް އައިސްފައި އޮތަސް މިއީ ރާއްޖޭގެ ޤާނޫނުގައި ޞަރީޚަ ކޮށް ބަޔާން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވާއިރު، ދެން އޮތް ޗޮއިސް އަކާއި މެދުގައެވެ! ރައްޔިތުން ތިބީ ރުޅި އައިސްފައެވެ. މިފަދަ ފަސާދަ ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާ މަންޒަރު ނުފެންނާތީއެވެ. މިއީ ސިޔާސީ ކަމެކޭ ކިޔައި “ހިތްތިރި ވާންވީ” ވަގުތެއް ނޫނެވެ.!










