Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހުޅަނގުގެ ނޫސްވެރިންނަށް ޙަމަލާ ދިން އިޒުރޭލު ސިފައިން ވެސްޓް ބޭންކުން ބާލަނީ

ހުޅަނގުގެ ނޫސްވެރިންނަށް ޙަމަލާ ދިން އިޒުރޭލު ސިފައިން ވެސްޓް ބޭންކުން ބާލަނީ

ހުސައިން އިސްމާއިލް
154 ދުވަސް ކުރިން - 30 މާޗް 2026 02:47
ހުޅަނގު އައްސޭރީގައި ސީއެންއެންގެ ނޫސްވެރިޔަކަށް އިޒުރޭލުގެ ސިފައިންގެ މީހަކު ޖެއްސުން ކުރަނީ.
ހުޅަނގު އައްސޭރީގައި ސީއެންއެންގެ ނޫސްވެރިޔަކަށް އިޒުރޭލުގެ ސިފައިންގެ މީހަކު ޖެއްސުން ކުރަނީ.
ޚުލާސާ

ވެސްޓް ބޭންކުގައި ސީއެންއެންގެ ނޫސްވެރިންނަށް ހަމަލާދިން މައްސަލައިގައި އިސްރާއީލު ސިފައިންގެ ފައުޖެއް އެ ސަރަހައްދުން ބާލަނީ. ނަމަވެސް މުސްލިމު ނޫސްވެރިން މަރައިލުމުން އެއީ މައްސަލައަކަށް ނުވި.

ހިފާފައިވާ ވެސްޓް ބޭންކުގައި ހަރަކާތްތެރިވަމުންދިޔަ ސީއެންއެން ގެ ނޫސްވެރިންގެ ޓީމަކަށް އިސްރާއީލު ސިފައިން ހަމަލާދީ، އަނިޔާކުރި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން، އެ ސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންގެ މުޅި ފައުޖު އެ ސަރަހައްދުން ބޭރުކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަމުރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ވެސްޓް ބޭންކުގެ ސަރަހައްދެއްގައި ސީއެންއެންގެ ނޫސްވެރިން މަސައްކަތް ކުރަމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ ނޫސްވެރިންނަށް ބިރުދައްކައި، ޖިސްމާނީ ގޮތުން އަނިޔާކޮށްފައެވެ. ސީއެންއެންގެ ނޫސްވެރިން ހިމެނޭހެން، ފަހަކަށް އައިސް އިސްރާއީލުން ހައްޔަރުކުރާ ނޫސްވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ވަކިން ހާއްސަކޮށް، ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ރިޕޯޓްކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މި ހާދިސާއާ ގުޅިގެން އަސްކަރިއްޔާއިން ފިޔަވަޅު އަޅަން ނިންމި ނަމަވެސް، މީގެ ކުރިން އަރަބި ނޫސްވެރިންނާއި ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާތަކަށް އެއްވެސް އިންސާފެއް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން އިސްރާއީލު ސިފައިން ވަނީ މަޝްހޫރު ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ ފަދަ އެތައް އަރަބި ނޫސްވެރިންނެއް ގަސްތުގައި މަރާލާފައެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ކުށްވެރިވާ ސިފައިންނަށް އެއްވެސް އަދަބެއް ދީފައެއް ނުވެއެވެ.

Advertisement

Advertisement 1

ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އިސްރާއީލުން މިފަހަރު ފިޔަވަޅު އަޅަން މިއުޅެނީ ހަމަލާގެ ޝިކާރައަކަށްވީ ހުޅަނގުގެ ބޮޑު މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނަށް ވުމުންނެވެ. އަރަބި ނޫސްވެރިންނާ މެދު އިސްރާއީލުން ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ފާހަގަކުރެއެވެ.

ހުޅަނގު އައްސޭރިފަލަސްތީންއިސްރާއީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

8 ގަޑިއިރު ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

1 ދުވަސް ކުރިން - 11:13

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

2 ދުވަސް ކުރިން - 22:41

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

9 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

9 ދުވަސް ކުރިން - 14:34

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

އަގްސާ މިސްކިތް އަންދާލިތާ މިއަދަށް 57 އަހަރު

10 ދުވަސް ކުރިން - 12:03