Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޝަހީދު ހުސައިން އާދަމްގެ މަންމަގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޒިޔާރަތްކުރައްވައިފި

ޝަހީދު ހުސައިން އާދަމްގެ މަންމަގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޒިޔާރަތްކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
114 ދުވަސް ކުރިން - 29 މާޗް 2026 22:14
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ޝަހީދު ހުސައިން އާދަމްގެ މަންމައާއެކު---
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ޝަހީދު ހުސައިން އާދަމްގެ މަންމައާއެކު---
ޚުލާސާ

މި ބައްދަލުކުރެއްވުމުގައި އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން އެކަމަނާ ވަނީ މަޝްވަރާކުރައްވާފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، 1988 ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ރާއްޖޭގެ ދިފާއުގައި ހަނގުރާމަކޮށް ޝަހީދުވި ބަތަލު، ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ މަންމަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މެޑަމް ސާޖިދާ މި ޒިޔާރަތް ކުރެއްވީ އެކަމަނާ މިހާރު ކުޅުދުއްފުށި ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު އިރުއޮއްސުނު ވަގުތުގަ އެވެ. ޝަހީދު ހުސައިން އާދަމްގެ އުފަން ގެ، "މާވާގެ" އަށް ވަޑައިގެން އެކަމަނާ ވަނީ ޝަހީދުގެ މަންމައާ ބައްދަލުކުރައްވައި، އޭނާގެ ހާލު އޮޅުންފިލުއްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި އާއިލާގެ ފަރާތުން ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މެޑަމް ސާޖިދާ މަޝްވަރާކުރެއްވި އެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއަކީ ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ އެހީތެރިކަމާއެކު، ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖޭގެ ހާއިނުންގެ ބަޔަކު އިސްވެ ތިބެ ދިން ރަހުމްކުޑަ ހަމަލާއެކެވެ. މި ނުރައްކާތެރި ހަމަލާއިން ގައުމު ސަލާމަތްވުމުގެ އެންމެ ބޮޑު ސަބަބަކީ، ސިފައިންގެ މައި މަރުކަޒުގެ ބޮޑު ގޭޓުގެ ޑިއުޓީގައި ހުރި ޒުވާން ސިފައިންގެ މީހާ، ހުސައިން އާދަމް ދެއްކެވި ހިތްވަރާއި ޖެހިލުންކުޑަ ކަމެވެ. ދުޝްމަނުންގެ ވަޒަންތައް އަރައި ޝަހީދުވެގެން ވެއްޓެންދެން އޭނާ ވަނީ ހުއްޓުމެއްނެތި ރައްދު ހަމަލާދީ، ބާގީން މައި މަރުކަޒަށް ވަނަނުދީ ހިފަހައްޓާފަ އެވެ.

Advertisement

Advertisement 1

ޝަހީދު ހުސައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު، އުމުރުން 89 އަހަރުގަ އެވެ. އޭނާ ނިޔާވީ މުސްކުޅި ބަލީގައި އުޅުއްވުމަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ވޭތުވެދިޔަ ތަނުގައި ޝަހީދުންގެ ދުވަސް ފާހަގަކުރުން ކުލަފަނޑުވެފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މި ދުވަސް ވަރަށް ކުލަގަދަކޮށް، އޭގެ ހަގީގީ ޝަރަފުގައި ފާހަގަކުރަން އަލުން ފައްޓަވާފަ އެވެ. މީގެ އިތުރުން، ގައުމަށްޓަކައި ގުރުބާންވި ޝަހީދުންގެ އާއިލާތަކަށް ދޭ މާލީ އެހީތެރިކަން އަލުން އިއާދަކޮށް، އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.

މެޑަމް ސާޖިދާ މުހައްމަދުޝަހީދުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

31 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

37 ދުވަސް ކުރިން - 18:45

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

49 ދުވަސް ކުރިން - 03:12

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

73 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

77 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

79 ދުވަސް ކުރިން - 16:02