އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގެ ދެފުލުސް ޗެކްޕޮއިންޓަކަށް ދިން ރަހުމުކުޑަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން ހަމީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ އިދާރާތަކުން މިއަދު ބުނެފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އަމަންއަމާންކަން ބަލަހައްޓަން ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކަށެވެ. މެޑިކަލް އޮފިޝަލުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ހަމަލާދިން ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިއްހީ ހިދުމަތްތެރިން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަގުތައް ހަލާކުވެފައިވުމާއި، ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.










