އީރާނުން އިޒުރޭލުގެ ސިނާއީ ސަރަހައްދުތަކަށް ހަމަލާ ދީ ބޮޑެތި ގެއްލުން ތަކެއް ދެމުން އެބަ ދެއެވެ.
ހައްދުފަހަނަ އެޅި ސަރުކާރުގެ ސިނާއީ ތަންތަނަށް އަމާޒުކޮށް އިރާނުން ފޮނުވައިލި މިސައިލް ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވީ ބީރުޝެބާ ކައިރީގައި އޮންނަ ސިނާއީ ސަރަހައްދަށް ކަމަށް އިޒުރޭލުގެ މަސްދަރުން ބުނެއެވެ. މި ހަމަލާގައި އެ ސަރަހައްދުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވެއެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފަޔާފައިޓަރުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
އިސްރާއީލުގެ މުހިންމު އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކަށް އަމާޒުކޮށް ވެސް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހަމަލާތައް ދެމުން ދާއިރު، އިޒުރޭލުގެ ރައްޔިތުން ތިބީ ބިމުއަޑީގައިވާ ޓަނަލްތަކަށް ވަދެ ފިލާފައެވެ.










