Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައިފި

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައިފި

އައިޝަތު ރުވާ ރިފްޢަތު
160 ދުވަސް ކުރިން - 28 މާޗް 2026 18:09
ރައީސް ގިރާވަރުފަޅަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް ގިރާވަރުފަޅަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގިރާވަރުފަޅުން 4 ސައިޒެއްގެ ޖުމުލަ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި. އޭޕްރިލް މަހުގެ ނިޔަލަށް އެއްކޮށް ހިއްކައި ނިމޭނެ.

ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވައިލައްވައިފި އެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ބިން ހިއްކައި ނިމުމާއެކު، އަންނަ ޖޫން މަހުގެ ތެރޭގައި އެ ފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރަން ފަށާނެ ކަމަށްވެސް ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.

ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއު މި ސަރުކާރާ ހަވާލުވިއިރު ނިމިފައިވަނީ ފޭސް 1 ގެ އެންމެ %41.8 މަސައްކަތެވެ. އެއީ ގާތްގަނޑަކަށް 70 ހެކްޓަރުގެ ބިމެވެ. ނަމަވެސް މިހާރު އެމްއޭސީއެލްއާ ހަވާލުކޮށްގެން ބާރު ދުވެލީގައި މަސައްކަތް ކުރިއަށްދާއިރު، ފެބްރުއަރީ 13 އިން ފެށިގެން މިހާތަނަށް ޖުމުލަ 105 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފަ އެވެ. މިއީ ފޭސް 1 ގެ %62.8 މަސައްކަތެވެ.

Advertisement

Advertisement 1

ރައީސް ގިރާވަރުފަޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް

މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުންވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ގިރާވަރުފަޅުން 4 ސައިޒެއްގެ ޖުމުލަ 4،072 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންކުރަނީ ދުނިޔޭގެ ނިސްބަތުންވެސް ބިން ހިއްކުމަށް ބޭނުންކުރާ އެންމެ ބޮޑެތި އުޅަނދުތަކެވެ. އޭގެ ތެރޭގައި 35،000 ކިއުބިކް މީޓަރުގެ ވެލި އެޅޭ "ކުއީންސް އޮފް ދި ނެދަލޭންޑްސް" އާއި 24،000 ކިއުބިކް މީޓަރުގެ ވެލި އެޅޭ "އޮރެންޖް" ޑްރެޖަރު ހިމެނެ އެވެ.

އެމްއޭސީއެލްގެ އަމާޒަކީ އޭޕްރިލް 30 ގެ ނިޔަލަށް ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލުމެވެ. މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ 97.15 ހެކްޓަރު ހިއްކުމުގެ މަސައްކަތުގެ %36 މިހާރު ވަނީ ނިމިފަ އެވެ. މި މަޝްރޫއު ނިމުމުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދައްޗަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ގިރާވަރު ފަޅުބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފްލެޓާއި ގޯތި ފޯމުގެ މައުލޫމާތު އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން

ފްލެޓާއި ގޯތީގެ މައުލޫމާތު އިސްލާހުކުރަން 21 ދުވަސް ދެނީ

2 ދުވަސް ކުރިން - 12:50

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

3 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

3 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

3 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

3 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

4 ދުވަސް ކުރިން - 16:54