Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މަޑަވެލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު
109 ދުވަސް ކުރިން - 28 މާޗް 2026 21:01
މަޑަވެލީގައި ގާއިމްކުރާ ހައުސިން ޔުނިޓުތަކުގެ ބިންގާ ނައިބު ރައީސް އަޅުއްވައިދެއްވަނީ. / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މަޑަވެލީގައި ގާއިމްކުރާ ހައުސިން ޔުނިޓުތަކުގެ ބިންގާ ނައިބު ރައީސް އަޅުއްވައިދެއްވަނީ. / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭނެ. މި މަސައްކަތް ނިންމުމަށް ދީފައި ވަނީ 450 ދުވަސް.

ގދ. މަޑަވެލީގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއެވެ.

މަޑަވެލީގައި އިމާރާތްކުރާ މި 50 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 6 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭނެއެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް މިމްސް ކޮންސްޓްރަކްޝަނަށް ދީފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ. މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މަޑަވެލީ ކައުންސިލްގެ މެންބަރުންނާއި، މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއާއެކު ގިނަ އާއިލާތަކަކަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، މަޑަވެއްޔަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްގދ. މަޑަވެލިމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Ad
Ad

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

32 ދުވަސް ކުރިން - 14:50

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ: ޝަޒީމް

ފްލެޓާއި ގޯތި، މުއްދަތު އިތުރުކުރުމުން ވާނީ ފައިދާ

53 ދުވަސް ކުރިން - 13:45

ބޮޑު ބަންދާ ދިމާވުމުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

53 ދުވަސް ކުރިން - 12:55

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ފުލެޓަށް އެދި ހުށަހެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފި

ނުކުޅެދުންތެރި ކުދިންގެ ބެލެނެވެރިންނަށް މިހާރު ފުލެޓަށް ލެވޭނެ

66 ދުވަސް ކުރިން - 13:54

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%