Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން އިނގިރޭސިވިލާތަށް އަންގައިފި

ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން އިނގިރޭސިވިލާތަށް އަންގައިފި

އައިޝަތު ރުވާ ރިފްޢަތު
154 ދުވަސް ކުރިން - 28 މާޗް 2026 14:15
ޗާގޯސްގެ ރަށްތައް---
ޗާގޯސްގެ ރަށްތައް---
ޚުލާސާ

އިނގިރޭސިވިލާތުން ބުނަމުންދަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށް. އްޖެއިން ދަނީ އައި.ސީ.ޖޭ އަށް މައްސަލަ ހުށަހަޅަން ތައްޔާރު ވަމުން.

ޗާގޯސް (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖެއިން ބަލައިނުގަންނަކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިނގިރޭސި ސަރުކާރަށް އަންގަވައިފި އެވެ.

މިކަމާ ގުޅޭގޮތުން ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުން، މި ނިންމުމާމެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވާކަން ހާމަކޮށް، ދެ ފަހަރެއްގެ މަތިން ލިޔުމުން ވަނީ އިއުތިރާޒު ހުށަހަޅާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އިނގިރޭސިވިލާތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑޭވިޑް ލެމީއަށް ފޯނުން ގުޅުއްވައި، މި މައްސަލައިގައި ރާއްޖޭގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފަ އެވެ.

ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ އިސްތިގުލާލީ ހައްގުތަކެއް އޮތްކަމަށް ބުނެ ރައީސް މުއިއްޒު އިސްވެ ހުރެ ދިވެހި ސަރުކާރުން ވަކާލާތު ކުރެ އެވެ. އަދި މި ހައްގުތައް ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނީ މައިދާނުގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ރާއްޖެއިން ދަނީ ބުނަމުންނެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ތާރީހީ އަދި ޖިއޮގްރަފީ ގޮތުން ބަލާއިރު އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް ޗާގޯސްގެ މައްޗަށް އިސްތިގުލާލީ ހައްގު އޮތީ ރާއްޖެއަށް ކަމަށެވެ.

Advertisement

Advertisement 1

ނަމަވެސް، އިނގިރޭސިވިލާތުގެ ފޮރިން އޮފީސް މިނިސްޓަރު ސްޓީވަން ޑޯޓީ ވިދާޅުވެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ގުޅޭ ކަމެއް ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ކޯޓުތަކުން ކުރިން ނިންމާފައިވާ ނިންމުންތަކުގައި ޗާގޯސްގެ މިލްކުވެރިކަން އޮތީ މޮރިޝަސްއަށް ކަމަށް ބުނެފައިވާކަން އިނގިރޭސި ސަރުކާރުގެ މަސްދަރުތަކުން ފާހަގަކުރެ އެވެ.

19 ވަނަ ގަރުނުން ފެށިގެން އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް ޖަޒީރާ މޮރިޝަސްއާ ހަވާލުކުރަން ނިމިދިޔަ ސަރުކާރުން އެއްބަސްވީ، އެތަނުގައި އޮންނަ އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ މަގުސަދުގައި ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން، އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒު ކުއްޔަށް ހިފުމަށް އަހަރަކު އެވްރެޖްކޮށް 101 މިލިއަން ޕައުންޑް ދެއްކުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ ނޫހުން ރިޕޯޓު ކުރެ އެވެ.

މި މައްސަލައިގައި ރާއްޖެއިން ބުނަމުންދަނީ، ރާއްޖޭގެ މަސްލަހަތުތަކަށް ރިއާޔަތްކުރުމެއް ނެތި އިނގިރޭސިވިލާތުން މޮރިޝަސްއާއެކު އެކަނި މަޝްވަރާކޮށް މިފަދަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެއިން ދަނީ ބައިނަލްއަގުވާމީ އަދުލު އިންސާފާ ބެހޭ ކޯޓު (އައި.ސީ.ޖޭ) އަށް މި މައްސަލަ ހުށަހެޅުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރަމުންނެވެ.

ފޯޅަވަހިމޮރިޝަސްއިނގިރޭސީވިލާތްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

3 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

9 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02