Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތް ކަނޑަށް ފައްތާނަން: ހޫޘީ

އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތް ކަނޑަށް ފައްތާނަން: ހޫޘީ

ހުސައިން އިސްމާއިލް
168 ދުވަސް ކުރިން - 28 މާޗް 2026 09:20
ޔަމަނުގެ ހޫޘީ ޖަމާޢަތުގެ ސިފައިން
ޔަމަނުގެ ހޫޘީ ޖަމާޢަތުގެ ސިފައިން
ޚުލާސާ

ހަނގުރާމައާ ގުޅިގެން ހޫޘީން ބުނަމުންދަނީ އީރާނަށް ހަމަލާދޭހާ ހިނދަކު ރަތްކަޑުން ދަތުރުކުރާ އިޒްރޭލުގެ އުޅަނދުތަކަށާއި އެގައުމަށް ވާގިދޭ ގައުމުތަކުގެ އުޅަނދުތަކަށް ހަމަލާދޭނެ ކަމަށް.

އެމެރިކާއާއި އިޒުރޭލުގެ އުޅަނދުތައް ރަތް ކަނޑަށް ފައްތާނެ ކަމަށާއި، މިތިބި "ބަޑީގެ ވަޒަން ދޫކޮށްލަން ތައްޔާރަށް" ކަމަށް ބުނެ ޔަމަނުގެ ހޫޘީން, އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވަރުގަދަ އިންޒާރެއް ދީފައެވެ. މި އިންޒާރު ދީފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ހޫޘީންގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާއި، އެމެރިކާގެ އެހީތެރިކަމާއެކު އީރާނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ސުލްހަ ނަގާލުމަށް ހިންގާ އަމަލުތަކެކެވެ. އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކުގެ ހައްގުގައި އަދި އިސްލާމީ އުއްމަތުގެ ދިފާއުގައި ކޮންމެ ވަގުތަކުވެސް ވަރުގަދަ ރައްދެއް ދިނުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ހަމަނުޖެހުންތައް އުފެދިފައިވަނީ އެމެރިކާ އާއި އިޒްރޭލުގެ އަސްކަރީ ބާރުތަކުން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. މީގެ ރައްދުގައި ހޫޘީން ވަނީ ރަތްކަނޑާއި އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގުތަކުގައި ހަރަކާތްތެރިވާ އިޒްރޭލަށް ނިސްބަތްވާ އުޅަނދުތަކާއި، އެ ގައުމަށް ވާގިވެރިވާ ފަރާތްތަކުގެ މަސްލަހަތުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށްފައެވެ.

ހޫޘީން ބުނަމުންދަނީ އެމީހުންގެ މި ހަރަކާތްތަކަކީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ދަނީ މި މަސްރަހު އިތުރަށް ގޯސްވެދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓާނުލާހާ ހިނދަކު، ރަތްކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވޭނެ ކަމަށްވެސް ހޫޘީން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ހޫޘީ ޖަމާޢަތްއީރާން ކްރައިސިސް 2026އީރާންއީރާން - އެމެރިކާއިސްރާއީލްޔަމަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

24 ގަޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ތެޔޮ ޓޭންކަރަކަށް އީރާނުގެ ބާރުގަދަ ހަމަލާތަކެއް!

24 ގްޑިއިރުތެރޭ އެމެރިކާގެ 2 މަނަވަރާއި 10 ޓޭންކަރަކަށް އީރާނުން ހަމަލާދީފި

22 ގަޑިއިރު ކުރިން - 22:06

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

9/11 ބޭނުންކޮށް އީރާނު ހަނގުރާމަ ޓްރަމްޕް ދިފާއުކުރައްވައިފި

23 ގަޑިއިރު ކުރިން - 21:40

ޔަމަނުގެ ދިފާއީ ވަޒީރާއި ބޮޑީގާޑުންތަކެއް ދެކުނުގެ ހަތިޔާރުއެޅިން ހިސާރުކޮށްފި!

ޔަމަނުގެ ދިފާއީ ވަޒީރާއި ބޮޑީގާޑުންތަކެއް ދެކުނުގެ ހަތިޔާރުއެޅިން ހިސާރުކޮށްފި!

2 ދުވަސް ކުރިން - 13:40

އީރާނުން އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

އަތުލައިގަތް ސަބްމެރިންއަށް މަނަވަރުތައް ފައްތާލުމުގެ ގާބިލްކަން ލިބިގެންވޭ

2 ދުވަސް ކުރިން - 09:30

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއް ބަންދުކޮށް، "ނޯ-ގޯ ޒޯން" އެއް އިޢުލާންކޮށްފި!

އީރާނުން އަރަބި ކަނޑާއި އޮމާން ކަނޑުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ނަގައިފި

2 ދުވަސް ކުރިން - 08:37

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

އެމެރިކާގެ އެންމެ ޒަމާނީ 'ޖާސޫސީ ސަބްމެރިން' އީރާނުން އަތުލައިގަނެ، ދުނިޔެ ސިއްސުވާލައިފި!

3 ދުވަސް ކުރިން - 12:02