Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިނަދޫގައި މޯލްޑިވް ގޭސްގެ ސްޓޯރޭޖް މަޝްރޫއު ނިންމުމުގެ އަމަލީ މަސައްކަތް ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
163 ދުވަސް ކުރިން - 27 މާޗް 2026 19:30
ތިނަދޫގައި ގާއިމްކުރާ ގޭހުގެ ސްޓޮރޭޖް ފެސިލިޓީ. / ފޮޓޯ: މޯލްޑިވް ގޭސް
ތިނަދޫގައި ގާއިމްކުރާ ގޭހުގެ ސްޓޮރޭޖް ފެސިލިޓީ. / ފޮޓޯ: މޯލްޑިވް ގޭސް
ޚުލާސާ

މި ޕްލާންޓުގެ މަސައްކަތް ނިމުމުން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ކައްކާ ގޭހުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދަތިކަމެއްނެތި ރައްޔިތުންނަށް ގޭސް ފޯރުކޮށްދިނުމަށްޓަކައި ގދ. ތިނަދޫގައި މޯލްޑިވް ގޭސްގެ ފަރާތުން ތަރައްގީކުރާ 1500 މެޓްރިކް ޓަނުގެ ސްޓޯރޭޖާއި ޑިސްބިއުޝަން ސެންޓަރުގެ މަސައްކަތް ނިންމުމުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫއެކެވެ. މޯލްޑިވް ގޭސްއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ކުންފުނީގެ މިހާރުގެ އަމާޒަކީ ނުނިމިހުރި 25 އިންސައްތަ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫއު އެއްކޮށް ނިންމާލައި ހިދުމަތަށް ގެނައުމެވެ.

މި މަޝްރޫއުގެ މަސައްކަތް މީގެ ކުރިން މަޑުޖެހެން މެދުވެރިވީ ތިނަދޫގެ ލޭންޑްސްކޭޕަށް އައި ބޮޑެތި ބަދަލުތަކަކާ ގުޅިގެންނެވެ. ވަކިން ހާއްސަކޮށް، ސައިޓުގެ އިރުމަތީ ފަރާތުން އިންޑަސްޓްރިއަލް ބިން ހިއްކުމާ ގުޅިގެން ޑިސްބިއުޝަން ސެންޓަރުގެ އަންލޯޑިން ޕައިޕްލައިނަށާއި ވޯޓަރ ޕަންޕްތަކުގެ ސަކްޝަންލައިންތަކަށް ފަންނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. މިގޮތުން އައު ޑިޒައިނުގެ ދަށުން ޓޭންކަށް ގޭސް ލޯޑްކުރުމަށްޓަކައި 450 މީޓަރުގެ ދިގު ޕައިޕްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

Advertisement

Advertisement 1

މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދާއި އިންޖިނިއަރިން ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ ދާދިފަހުން ތިނަދޫއަށް ޒިޔާރަތްކުރައްވާފަ އެވެ. މި ދަތުރުފުޅުގައި ފެނަކަ ކޯޕަރޭޝަނާއި، ތިނަދޫ ސިޓީ ކައުންސިލްގެ އިތުރުން ރަށުގެ ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، މަޝްރޫއު އަވަސްކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ލުއިފަސޭހަކަމާއެކު ގޭސް ލިބޭނެ މަގުފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް އިސްކަންދެއްވާ ސިޔާސަތެކެވެ. މޯލްޑިވް ގޭސްއިން ފާހަގަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ މި މަޝްރޫއުގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ވަރަށް ގާތުން ބައްލަވަމުންނެވެ.

މި ޕްލާންޓުގެ މަސައްކަތް ނިމުމުން، ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އަންނަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށާއި މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގޭސް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، ސަރަހައްދީ ފެންވަރުގައި ގޭހުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް މޯލްޑިވް ގޭސްއިން ބުނެ އެވެ.

މޯލްޑިވް ގޭސްއެސްޓީއޯތިނަދޫ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން އެދި އެންވަޔަރްމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި

ތިނަދޫ ކުޅިއަށް ކެމިކަލް ފެން އެޅި ކުންފުނި ޖޫރިމަނާކޮށްދޭން ވުޒާރާއަށް ހުށަހަޅައިފި

4 ދުވަސް ކުރިން - 12:57

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

5 ދުވަސް ކުރިން - 15:54

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

6 ދުވަސް ކުރިން - 16:37

ރާއްޖެއިން ބިސް ހުސްވެ ކޮންޓްރޯލް ކުރާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

10 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތް ކެއަރ އިން ޕޯޓަބަލް ސްކޭން މޮޑަލްތަކެއް ތައާރަފް ކޮށްފި

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

17 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީ އާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

21 ދުވަސް ކުރިން - 21:15