ތެހެރާނާއެކު މިހާރު ކުރިއަށްދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން އީރާނުގެ ހަކަތަ އިންފްރާސްޓްރަކްޗަރ އަށް ދިނުމަށް ރާވާފައިވާ ހަމަލާތައް އިތުރު 10 ދުވަހަށް ލަސްކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ. ޓްރަމްޕް ވިދާޅުވީ މުއްދަތު އިތުރުކޮށްފައި ވަނީ އީރާނުގެ ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި، ސުލްހައިގެ އެއްބަސްވުމަކާއި ދިމާލަށް ކުރިއަށްދާ މަޝްވަރާތައް ދަނީ "ވަރަށް ރަނގަޅަށް” ކަމަށް ޓްރަމްޕާއި ހަވަލާދީ ސީބީސީ ނިއުސް އިން ބުނެއެވެ.
ނަމަވެސް އީރާނުން ބުނީ އެމެރިކާ އާއި އެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށް ބުނެ ޓްރަމްޕް ހައްދަވަނީ ސީދާ އިތުރުފުޅު ކަމަށެވއ،
ޓްރަމްޕު ވަނީ ހުރްމުޒް ކަނޑުއޮޅީގައިވާ ހުރަސްތައް ނައްތާނުލައިފި ނަމަ އީރާނުގެ ހަކަތައިގެ ފެސިލިޓީތަކާއި އިންޖީނުގެތަކަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.










