ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ
ފާއިތުވި ހަފްތާގައި އިތުރުރު ނުވަ ސިފައިން މަރުވެފައިވާއިރު އޮކްޓޯބަރު މަހު މި ހަމަނުޖެހުން ފެށި ފަހުން އިސްރާއީލުގެ 700 އަށްވުރެ ގިނަ ސިފައިން މަރުވެއްޖެއެވެ.
މީގެ އިތުރުނއ 3،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އަސްކަރީ ހިސާބުތަކުން ދައްކަ އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ނުރައްކާތެރި ހަމަލާއަކަށް ފަހު އިސްރާއީލުން ފެށި މި ގަތުލުއާންމުގައި ފަލަސްތީނުގެ 40 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އިސްރާއީލު މީހުން މަރުވުމާއި ގުޅިގެން އޭގެ ރައްދުގައި ކަމަށް ބުނެ ހަމާސްގެ ވަސް ކަނޑުވާލާނެ ކަމަށ ނަތަންޔާހޫ ވިދާޅުވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.









