Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މައިންބަފައިންނަށް އަޅާނުލާ މީހާއީ ގެއްލި ހަލާކުވެފައިވާ މީހެއް: ހުކުރު ހުތުބާ

އައިޝަތު ރުވާ ރިފްޢަތު
206 ދުވަސް ކުރިން - 27 މާޗް 2026 13:16
މަންމައަކު އޭނާގެ ދަރި ގޮވައިގެން ސްކޫލަށް ދަނީ. / ފޮޓޯ: ޚުލާސާ
މަންމައަކު އޭނާގެ ދަރި ގޮވައިގެން ސްކޫލަށް ދަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މައިންބަފައިންނަށް "އުފް" ބުނުމަކީވެސް ނަހީކުރައްވާފައިވާ ކަމެއް. އެމީހުންނަށް އެންމެ ބޭނުންވަނީ ދަރިންގެ ލޯތްބާއި، އަޅާލުމާއި، ވަގުތެވެ. އެމީހުންގެ ދުއާ ލިބިގަތުމަށް ހުކުރު ހުތުބާގައި ނަސޭހަތްތެރިވި.

މައިންބަފައިންނަށް އޯގާތެރިވެ، އެމީހުންގެ މުސްކުޅިޢުމުރުގައި އަޅާލުމަކީ ސުވަރުގެ ވަދެވުމުގެ ސީދާ މަގެއްކަމަށާއި، އެ މަތިވެރި ފުރުސަތު ލިބި އެކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާއީ ދެދުނިޔޭގައިވެސް ގެއްލި ހަލާކުވެފައިވާ މީހެއްކަމަށް މިއަދުގެ ހުކުރު ހުތުބާބާގައި ބަޔާންކޮށްފި އެވެ.

މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާ ހާއްސަކޮށްފައިވަނީ "މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫއުގެ މައްޗަށެވެ. ހުތުބާގައި ވަނީ މައިންބަފައިންގެ މަތިވެރިކަމާއި، އެމީހުންނަށް އިޙްސާންތެރިވުމުގެ މުހިންމުކަން ދީނީ އަދި އިޖުތިމާއީ ނަޒަރަކުން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ.

ހުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތް ﷲ ވަނީ އިންސާނާގެ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފަ އެވެ. ދަރިން މި ދުނިޔެއަށް އައުމުގެ ސަބަބަކީ އެ ދެމީހުން ކަމަށްވާއިރު، ދަރިންގެ އުފަލާއި ބާއްޖަވެރިކަމަށްޓަކައި އެމީހުންވާ ގުރުބާނީގެ އަގު ވަޒަންނުކުރެވޭނެ އެވެ. "އިޙުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ،" ހުތުބާގައި ވިދާޅުވި އެވެ.

Advertisement

Advertisement 1

ކީރިތި ޤުރްއާނުގެ ހަތް ތަނެއްގައި މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި މާތް ﷲ އަށް އަޅުކަންކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަމުރުކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރި އެވެ. މިއީ އެމީހުންގެ ހައްގު އިސްލާމްދީނުގައި އޮތް މިންވަރު އަންގައިދޭ ވަރުގަދަ ދަލީލެކެވެ.

މައިންބަފައިންނަށް "އުފް" ވެސް ނުބުނުމަށް އަންގަވާފައިވާ އަމުރުފުޅަށް އަލިއަޅުވާލަމުން ހުތުބާގައި ބަޔާންކުރީ މުސްކުޅި އުމުރުގައި އެމީހުންނާ ދިމާލަށް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވެސް ބުނެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އޯގާތެރިކަމާއެކު ނިކަމެތިކަމުގެ ފިޔަ އެމީހުންނަށްޓަކައި ތިރިކޮށް، މާތް ބަހުން ވާހަކަދެއްކުމަށް އިލްތިމާސްކުރި އެވެ.

މިއަދުގެ ހުތުބާގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ މައިންބަފައިން ދުނިޔޭގައި ތިއްބާ އެމީހުންނަށް ހިދުމަތްކޮށްގެން ސުވަރުގެ ހާސިލުނުކުރެވޭ މީހާގެ ނިކަމެތިކަމުގެ މައްޗަށެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީޘެއްގެ މާނައިގައިވާ ގޮތުން، މައިންބަފައިންގެ ތެރެއިން އެކަކު ނުވަތަ ދެމީހުން މުސްކުޅި އުމުރުގައި ބައްދަލުވެ، އެމީހުންނަށް ހިދުމަތް ނުކުރުމުގެ ސަބަބުން ސުވަރުގެ ނުވަދެވުނު މީހާއީ ގެއްލި ހަލާކުވެފައިވާ މީހެކެވެ.

މީގެ އިތުރުން، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް އިސްކަންދެވިގެންވާ، އެކަލާނގެ ހަޟުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އަމަލެއްކަން ސުންނަތުގެ އަލީގައި ހުތުބާގައި ސާފުކޮށްދިނެވެ.

އަހަރެމެންގެ ސަލަފުއްސާލިހުން މައިންބަފައިންނަށް ކަމޭހިތްތެވި މިންވަރުގެ މިސާލު ދައްކަވަމުން، އަމިއްލަ މަންމަ ބުރަކަށިމަތީގައި އުފުލައިގެން ތަވާފުކުރި މީހާގެ ވާހަކަ ހުތުބާގައި ފާހަގަކުރި އެވެ. އެ މީހާ ކުރި އެ ބުރަ މަސައްކަތުންވެސް، މަންމަ އޭނާ ވިހެއުމަށް އުފުލި ވޭންތަކުގެ ތެރެއިން އެންމެ ވޭނެއްގެ ހައްގުވެސް އަދާނުކުރެވޭނެ ކަމަށް އަބްދުﷲ ބިން އުމަރު رَضِيَ اللهُ عَنْهُمَا ވިދާޅުވި ބަސްފުޅު ހުތުބާގައި ހަނދާންކޮށްދިނެވެ.

ހުތުބާ ނިންމާލަމުން ވަނީ މިއަދުގެ މުޖުތަމައުގައި ބައެއް މީހުންނަށް ހީވެފައި އޮންނަނީ މައިންބަފައިންނަށް ފައިސާކޮޅެއް ދިނުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި، މައިންބަފައިން އެންމެ ބޮޑަށް ބޭނުންވަނީ ދަރިންގެ ލޯތްބާއި، އަޅާލުމާއި، ވަގުތުކަން ފާހަގަކޮށް، އެމީހުންގެ ދުއާ ލިބިގަންނަ ބަޔަކަށްވުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

މާލީ މުޢާމަލާތުތަކުގައި ތެދުވެރިވެ ދަރަނިން ރައްކާތެރިވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި

31 ދުވަސް ކުރިން - 13:00

އިސްލާމްދީނުގައި ސާބިތުވެ ތިބުމަށާއި އިޖުތިމާއީ ޒިންމާތައް އަދާކުރުމަށް ހުތުބާގައި ގޮވާލައިފި

38 ދުވަސް ކުރިން - 12:53

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

45 ދުވަސް ކުރިން - 12:54

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

59 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

66 ދުވަސް ކުރިން - 12:56

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

73 ދުވަސް ކުރިން - 13:00