ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މޭ/ޖޫން އޭ-ލެވޭވެލް އަމިއްލަ ގޮތުން ހަދާ ދަރިވަރުންނަށް ފައިސާ ދެއްކުމަށް އިތުރު މުއްދަތެއް ދީފި އެވެ.
ޑީޕީއީ އީން އެންމެ ފުރަތަމަ އިމްތިހާނުތައް ހަދާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް ހުޅުވާލީ މާޗު 12 ވަނަ ދުވަހު ނިޔަލަށެވެ. އަދި އެޕްލިކޭޝަންތައް ހުށައެޅުމަށް އެ އިދާރާއިން ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގަ އެވެ.
ނަމަވެސް އެ މުއްދަތު މިހާރު ހަމަވެފައިވާއިރު ޑީޕީއީން ބުނީ އޭލެވެލް އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00 ޖެހުމާ ހަމައަށް އިތުރު ފުރުސަތެއް ދަރިވަރުންނަށް ދޭނެ ކަމަށެވެ.
އޭ ލެވެލް އިމްތިހާނުގެ ވަކިވަކި ޔުނިޓްތަކަށް ކޮންމެ މާއްދާއަކުން އެ ޑިޕާޓްމެންޓުން އިދާރީ ފީއެއްގެ ގޮތުގައި 3،000 ރުފިޔާ ކެންޑިޑޭޓުންގެ އަތުން ނަގައެވެ. އެގޮތުން ޑިޕީއީން ފީ ބަލައިގަންނަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ. އަދި އިމްތިހާނާ ގުޅިގެން ދިން ގޫގުލް ފޯމްގައި ފައިސާ ދައްކާނެގޮތުގެ ޕްރޮސީޖާ ވަނީ އެޓޭޗްކޮށްފަ އެވެ.
އިދާރީ ފީއެއްގެ ގޮތުގައި ތަފްސީލަށް ބަލާއިރު އެކައުންޓުނިންއިން އެއް ޔުނިޓަށް ނަގަނީ 2080ރ. އަދި ދެ ޔުނިޓަށް ނަގަނީ 4160ރ އެވެ. އަދި ބަޔޮލޮޖީ، ކެމިސްޓްރީ، ހިސާބު އަދި ފިޒިކްސްއިން އެއް ޔުނިޓަށް، 830ރ. ދެ ޔުނިޓަށް، 1660ރ. ތިން ޔުނިޓަށް 2490ރ. ހަތަރު ޔުނިޓަށް 3320ރ. ފަސް ޔުނިޓަށް 4150ރ. އަދި ހަ ޔުނިޓަށް 4980ރ. ފީގެ ގޮތުގައި ނަގާނެ އެވެ.
އޭގެ އިތުރުން އިކޮނޮމިކްސް، ބިޒްނަސް، ހިސްޓްރީ، ޖިއޮގްރަފީ، އިންގްލިޝް ލިޓްރޭޗާ އަދި އިންގްލިޝް ލޭންގުއޭޖްގެ އިމްތިހާނު ހެދުމަށް އެއް ޔުނިޓް 1160ރ. ދެ ޔުނިޓަށް 2320ރ. ތިން ޔުނިޓަށް 3480ރ. ހަތަރު ޔުނިޓަށް 4640ރ. ފީގެ ގޮތުގައި ނަގާނެ އެވެ.
މޭ-ޖޫން ސީރީސްގެ އެޑެކްސެލް އިމްތިހާނު އިމްތިހާނު ރާއްޖޭގައި މި ބޭއްވެނީ މެދުކަނޑުމަކަށް ފަހުގަ އެވެ. އެއީ 2020 ވަނަ އަހަރު ގެނައި ބަދަލާއެކުގަ އެވެ. އޭގެ ފަހުން މޭ-ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވި ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާގަ އެވެ.









