އިޒުރޭލުގެ ވެރިރަށް ހައިފާގައި ހުންނަ ހަތިޔާރު ޓެކްނޮލޮޖީ އާއި ބެހޭ އިންސްޓިޓިއުޓަށް އީރާނުން ޙަމަލާ ދީފިއެވެ.
ޓެލް އަވީވް އާއި ހުޅަނގު ގުދުސްގެ އެތައް ހިސާބުތަކަށް އަމާޒުކޮށް އީރާނުން ވަނީ މިއަދު ކްލަސްޓާ ބިމާއި މިސައިލް ޙަމަލާތައް ފޮނުވާފައެވެ. އީރާނުގެ މިސައިލް ވެއްޓުނީ ހަތިޔާރު ޓެކްނޮލޮޖީގެ ކޮމްޕައުންޑަށް ކަމަށް އިސްރާއީލުން ބުންޏެވެ. ނަމަވެސް، ލިބުނު ގެއްލުން ތަކުގެ ތަފްޞީލެއް ނުދެއެވެ.
އިސްރާއީލުގެ އުތުރުގެ ބައެއް ހިސާބުތަކުގެ ރައްޔިތުންނަށް ގޭސް ފޯރުކޮށްދޭ އިންފްރާސްޓްރަކްޗަރ އަށް ވެސް ގެއްލުން ލިބިފައިވާއިރު، ހިޒްބުاللهގެ ރޮކެޓް ހަމަލާތައް ވެސް ތަކުރާރުކޮށް އަމާޒުވެ މަދުވެގެން އެކަކު މަތުވި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.










