Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގު: އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

ބޮޑުތަކުރުފާނު މަގު: އެއްގަމު ތޮށީގެ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު
122 ދުވަސް ކުރިން - 26 މާޗް 2026 13:20
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްޖުގެ ޖެޓީގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ ފަށާފަ--- ފޮޓޯ:އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލް ސަރަހައްޖުގެ ޖެޓީގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ ފަށާފަ--- ފޮޓޯ:އެމްޓީސީސީ
ޚުލާސާ

މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީގެ އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތް

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި، މަގުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލާ، ނެގުމުގެ މަސައްކަތެވެ. މި މަސައްކަތް މިވަގުތު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަހައްދުގައެވެ. މި ސަރަހައްދުގައި މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިތައް ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ގާތްގަނޑަކަށް 3 މީޓަރަށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މަގު ފުޅާކުރާ ސަރަހައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތްތައް ކުރިއަށްދަނީ މަޝްރޫއުގެ ތިންވަނަ ބައެއްގެ ގޮތުގައި، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދުގައެވެ.

Advertisement

Advertisement 1

އެމްޓީސީސީން ބުނީ މި ސަރަހައްދު ފަރުމާކޮށްފައިވަނީ ކުރިން ނިމުނު ދެ ސެގްމަންޓްވެސް ކުރިއަށް ގެންދިޔަ ފަރުމާއާ އެއްގޮތަށް މަގުގެ ޖާގަ ބޮޑުކުރުމަށް އިސްކަންދީގެން ކަމަށެވެ. މުޅި މަޝްރޫއުގެ ދަށުން 610 މީޓަރުގެ އެއްގަމު ތޮށި އަލުން އާކޮށް ތަރައްގީކުރާނެއެވެ. ނަމަވެސް، މި މަސައްކަތުގެ ތެރެއިން މަސްވެރިންގެ ޕާކު ހިމެނޭ ސަރަހައްދަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި، ތާރުއެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، ޕޭމަންޓު ހެދުމުގެ އިތުރުން މަގު ބައްތި ޖެހުން ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް ނިންމާފައެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

20 ގަޑިއިރު ކުރިން - 20:04

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

2 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

7 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11